އަމިއްލަ ފަރާތެއްގެ ހަރަދުގައި ޒިކުރާ މިސްކިތް ހަދަން ބިންގާ އަޅައިފި

އެކި ފަހަރު މަތިން މަސައްކަތް ހަވާލުކޮށްގެން ވެސް ނުފެށުނު 'މަސްޖިދުއް ޒިކުރާ' މިސްކިތް، އަމިއްލަ މީހެއްގެ ހަރަދުގައި ހަދަން، އެ މިސްކިތުގެ ބިންގާ މިރޭ އަޅައިފި އެވެ.
ވީ ކިހިނެއް؟ - މަޖީދީ މަގުން 'ހުދުމާ ފިހާރަ' ކައިރީގައި ހުންނަ ޒިކުރާ މިސްކިތް ސަރުކާރުގެ ހަރަދުގައި އިމާރާތްކުރަން ފުރަތަމަ ހަވާލުކުރީ، 2018ގައި އެސްޖޭ ކޮންސްޓްރަކްޝަނާ އެވެ. އެކަމަކު އެ މަޝްރޫއު ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
ތަފްސީލް - މި މިސްކިތް މިފަހަރު އަޅަނީ، ދިވެހިން ހައްޖަށާއި އުމްރާއަށް ގެންދިއުމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ސިސިލްފަރު ގުރޫޕްގެ ވެރިޔާ މުހައްމަދުފުޅުގެ އާއިލާއިންނެވެ.
މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މުހައްމަދުފުޅުގެ އާއިލާގެ ބޭފުޅުންނެވެ.  
މިނިސްޓްރީން ބުނީ ޒަމާނީ އާ މިސްކިތުގެ އަމަލީ މަސައްކަތް ރޯދަމަސް ނިމުމާ އެކު ފަށާނެ ކަމަށެވެ.
މިނިސްޓްރީން ބުނިގޮތުގައި:
މި މިސްކިތް ހަދަނީ ތިން ފަންގިފިލާއަށް 
އަރާފޭބުމަށް ފަސޭހައަށް ލިފްޓް ހަރުކުރާނެ 
މާލެ ސަރަހައްދުގައި އަޅާ ޖާގަ ތަނަވަސް މިސްކިތަކަށް ވާނެ
އެއްފަހަރާ1،500 މީހުންނަށް ނަމާދުކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ