ދުބާއީގައި ބޭއްވި އޭއައިއެސް އެތުލެޓިކްސް ޖަމްޕް ފެސްޓިވަލްގައި ރާއްޖޭގެ ޒުވާން އެތުލީޓް ޔޫސުފް ނާއިކް ވަޖީހު ބައިވެރިވެ، ދެ އިވެންޓަކުން ރަން މެޑަލް ހޯދައި ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ. ނާއިކް މި ކާމިޔާބީ ހޯދާފައިވަނީ ހައިޖަމްޕް އަދި ލޯންގް ޖަމްޕް އިވެންޓުން އެއްވަނަ ހޯދައިގެންނެވެ.
ޔޫއޭއީގެ މަޝްހޫރު ޓްރެކް އެންޑް ފީލްޑް ކުލަބު، އޭއައިއެސް އިން އިންތިޒާމުކުރި މި މުބާރާތުގައި ނާއިކް ވަނީ އޭނާގެ އަމިއްލަ އެންމެ ރަނގަޅު ރެކޯޑްތައް އައުކޮށްފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އެތުލެޓިކްސްއަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ހައިޖަމްޕްގެ ގައުމީ ރެކޯޑް މިހާރުވެސް އޮންނަ ނާއިކް ވަނީ މި މުބާރާތުގައި 1.92 މީޓަރަށް ފުންމައިގެން އޭނާގެ ކުރީގެ ރެކޯޑް އައުކޮށްފައެވެ. މީގެ ކުރިން އޭނާ އަތުގައި ގައުމީ ރެކޯޑް އޮތީ 1.88 މީޓަރަށް ފުންމައިގެންނެވެ. މި ނަތީޖާއާއެކު ނާއިކް ވަނީ އޭނާގެ ހުނަރުވެރިކަން އަނެއްކާވެސް ސާބިތުކޮށްދީފައެވެ.
ހައިޖަމްޕް އަދި ލޯންގް ޖަމްޕުން ރާއްޖޭގެ އެތްލީޓް ނާއިކް ދެ ރަން މެޑަލް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ