ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އުވާލައި މޯލްޑިވްސް ޑިޖިޓަލް ސާވިސް ނަމުގައި ހާއްސަ އިދާރާއެއް މިއަދު އުފައްދައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ އެންގެވުމެއްގެ ދަށުން އުފެެއްދެެވި މި އިދާރާ ވެސް ހިންގާނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފެއްދީ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓު ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާއަކީ، މޯލްޑިވްސް ޑިޖިޓަލް ސަރވިސް ކަމުގައި ހަމަޖެއްސުމަށް ވޒީރުންގެ މަޖިލީހުން ނިންމާފައިވާތީ އެވެ.
އޭގެ އިތުރުން، އެންސީއައިޓީއިން މިހާތަނަށް ކުރަމުން ގެންދިޔަ މަސައްކަތްތައް ކުރަމުން ގެންދަނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްއިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޑިޖިޓަލް ޓްރާންސްފޮމޭޝަން މަގުޗާޓަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރަން އެކުލަވާލި ލިޔުމެކެވެ. މި ސިޔާސަތުގެ ދަށުން އަންނަ މި ދައުރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒް ކުރާނެ އެވެ.
އެންސީއައިޓީ އުވާލައި މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައިފި އެންސީއައިޓީ އުވާލައި މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ