މާލެ ވިޔަފާރި ބަނދަރުން މުދާ ހުސްކުރުމުގައި ދިމާވާ ދަތިތައް ރައީސްއާ ހިއްސާކޮށްފި

މާލެ ވިޔަފާރި ބަނދަރުން މުދާ ހުސްކޮށް، ބޭރުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބަނދަރުން މުދާ ހުސްކުރުމުގެ މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް މުއިއްޒު މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.
ތަފްސީލު - ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި މުދާ ހުސްކުރާ ކުންފުނިތަކުގެ ވެރިން ވަނީ އެ މަސައްކަތުގައި ދިމާވާ ދަތިތައް ރައީސަށް ދަންނަވައިފަ އެވެ.
އޭގެ ތެރޭގައި މުދާ އުފުލާ ގަޑިތަކާއި އެކަމަށް ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން އިދާރީ ނިޒާމު މިހާރަށް ވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިމެނެ އެވެ.
އެ ކަންބޮޑުވުންތައް އެއްސެވުމަށް ފަހު އެ ކަންކަމަށް ހައްލެއް ހޯދައިިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ