ޢިބްރަތްތެރި ވާހަކަ: ހިލޭ އަންހެނުންނަށް ކަޅިއެޅުމާ ގުޅުންހިންގުން ފިރިއަކަށް ހުއްޓާލެވުނު އުކުޅު! ރަން އެވޯޑް ޙައްޤު!

އަޅުގަނޑުގެ އަނބިމީހާއަކީ ވަރަށް ރަނގަޅު އަންހެނެކެވެ. ތެދަށް ބުނާނަމަ ބޮޑުކަމަކަށްވެގެން ޝަކުވާކުރަންޖެހޭ އެއްވެސް ކަމެއް ނެތެވެ. އެކަމަކު އަނބިމީހާގެ އަގުވަޒަންކުރަން ވަރަށް އުނދަގޫވިއެވެ. ކައިވެންޏަށް 2 އަހަރުވީއިރުވެސް ބޭވަފާތެރިވުން ހުއްޓައެއް ނުލެވުނެވެ.  
ކަމުގެ ބާވަތުން އެހެން މީހުންގެ ގާތުން ލަފައެއް ހޯދަންވެސް އެކަމުގެ ވާހަކަ ދައްކަން ވަރަށް އުނދަގޫވިއެވެ. ނަތީޖާއަކަށްވީ އެއްވެސް މީހެއްގެ ގާތުން ލަފައެއްވެސް ނުލިބުމެވެ. އެއީ ލަފައަކަށް އަހަން ނުކެރޭތީއެވެ.  
އެކަމަށް ވިސްނަމުން ދަނިކޮށް ޢިލްމީ މާހިރަކު ދައްކަވާފައިވާ ވާހަކައެއްގެ ވީޑިއޯއެއް ލިބި ޢަމަލުކުރަން މަސައްކަތް ފެށީމެވެ. އޭނާ ބާރުއަޅުއްވާފައިވަނީ އެކުވެރިންނާއިއެކު ވަޤުތު ހޭދަކުރަން ޜޭގަނޑު ބޭރަށް ދިއުމުގެ ކުރިން އަނބިމީހާއާއިއެކު އެއްދާން ކުރުމަށެވެ. އެއްދާން ނުކޮށް ބޭރަށް ނުދިއުމަށެވެ. 
އެގޮތަށް ކަންތައް ކުރަން ފެށުމުން ގިނަ ރޭރޭ އޮންނަނީ ބޭރަށް ނުދެވިފައެވެ. އެއީ ނިމިގެން ހިނައިގަތީމާ ލިބޭ ވަރުބަލިކަމުގައި ނިދޭތީއެވެ. އަދި ޞޭރަށްދެވޭ މަދުރެއަކުވެސް ހިލޭ އަންހެނުންނަށް ބެލުމުގެ ހިތްވަރެއް ނުލިބެއެވެ. އެއީ ބޭނުން ފުދިގެން ހުންނތީއެވެ.  
ބުނަންހެއްޔެވެ؟ އެގޮތަށް ކަންތައް ކުރަންފެށިތާ 2 މަސްވެސް ނުވަނީސް އަނބިމިހާ އާއި ނުލައި ބޭރަށްދާހިތްވެސް ނުއެވެ. ބޭނުންވަނީ ދެމީހުން އެކުގައި ބޭރަށްދާށެވެ. އަދި އަނބިމިހާގެ ހިތުގައި އަހުރެންގެ މައްޗަށް ލޯބިއިތުރުވެ ދިން ސަމާލުކަން ބޮޑުކަމުން އަބަދުވެސް ހުންނަނީ ހިތްފުރިފައެވެ. 
ނިންމާލުމުގެ ކުރިން މިޘާލު ދައްކަމުން އެޢިލްމްވެރިޔާ ވިދާޅުވެފައިވާ ބަސްކޮޅެއް ހާމަކޮށްލާނަމެވެ. "ގޭގައި ކައްކާފައިހުރީ ބަތާއި ކުކުޅުރިހަ އެކަނި ނަމަވެސް އެއްވެސް ޝަކުވާއެއް ނެތި ބަނޑުފުރެންދެން ކެވޭނެއެވެ. މައްސަލައަކަށް މިވަނީ ބޭރަށް ގޮސް މާގިނަ ބާވަތްތައް އަތުރާފައި ހުންނަ މޭޒަކުން ކާން އުޅުމުންނެވެ. ހުރިހާ ބާވަތެއްގެ ރަހަ ބަލަން އުޅެން ހަދައިގެން ހަށިގަނޑަށް ބޭނުންނުވާވަރަށް ކެވެނީއެވެ. އެކަމުގެ ސަބަބުން ޞިއްހަތަށް ބޮޑެތި ގެއްލުންތައް ލިބެނީއެވެ."  
އަހުރެން މިކިޔައިދިން ވާހަކަކޮޅު ކަމުނުދާނެ ބައަކުވެސް އުޅޭނެއެވެ. އެއީ މައްސަލައެއް ކަމަކަށް ނުދެކެމެވެ. އަހުރެން މިކިޔައިދިނީ އަހުރެންގެ ތަޖުރިބާއެވެ. އަހުރެންގެ ދިރިއުޅުން ކާމިޔާބުކުރަން ބޭނުންކުރި އުކުޅެވެ. ތަކުރާރުކޮށް ބުނެލަމެވެ. މިގޮތަށް ކަންތައް ކުރެވުމުން އަހުރެންގެ ދިރިއުޅުން މިވަނީ ކާމިޔާބުކުރެވިފައެވެ.
 
- ޢާޞިފް / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ