ހުލާސާކޮށް އިއްޔެ: "ކަނު ބަނދެވިތިބެ މި ވެއްޓެނީ އަނދަވަޅަކަށް" ހުލާސާކޮށް އިއްޔެ: "ކަނު ބަނދެވިތިބެ މި ވެއްޓެނީ އަނދަވަޅަކަށް"

ޕެންޝަން ފަންޑާ ކުޅުމަކީ ބޮޑު ގޯހެއް ކަމަށާއި އިގްތިސާދީ ގޮތުން ގައުމު މިދަނީ ކަނު ބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވީ ޕެންޝަނުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަންގެ ބޯޑުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.
ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްވެސް ކަމަކަށް ނެގުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި ކޮންމެ މަހަކު ޕެނޝަނަށް ދޭ ފައިސާ ކަނޑާފައި ބާކީ ފައިސާ ޖެހޭނީ ފައިދާވާ ރަނގަޅު ކަންކަމަށް އިންވެސްޓު ކުރުމަށް ކަމަށެވެ.
"ކޮންމެ މަހަކު ވެސް ޕެނޝަނަށް ދޭ ފައިސާ ކަނޑާފައި ބާކީ ފައިސާ ޖެހޭނީ ފައިދާވާ ރަނގަޅު ކަންކަމަށް އިންވެސްތުކުރަން. ސަރުކާރުގެ މުސާރަ ދިނުމަށް ނުވަތަ އެއްވެސް ރިކަރެންޓް ހަރަދަކަށް އެ ފައިސާ ހަރަދުކޮށްގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ