މުރައިދޫއާއި ދ. އަތޮޅު ކައުންސިލްގެ މީދޫ ދާއިރާގެ ބައި އިލެކްޝަން ސަރުކާރު ކޯލިޝަނުން ކާމިޔާބުކޮށްފި

މިއަދު ބޭއްވި ދ. އަތޮޅު ކައުންސިލްގެ މީދޫ ދާއިރާގެ ބައި އިލެކްޝަނާއި، ހއ. މުރައިދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަން ވެރިކަން ކުރާ ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ކާމިޔާބުކޮށްފި އެވެ.
ދ. އަތޮޅު ކައުންސިލްގެ މީދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު އެވެ. އޭނާ ވަނީ މި އިންތިހާބުގައި 997 ވޯޓް ހޯދާފަ އެވެ. ދެވަނައަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓް ސާލިމް އަލް ސޮބާހަށް ލިބުނީ 639 ވޯޓެވެ.
ހއ. މުރައިދޫ ބައި އިލެކްޝަން ކާމިޔާބު ކުރި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ މުފީދަށް ލިބިފައިވަނީ 208 ވޯޓެވެ. ދެވަނައަށް ދިޔަ އަމިއްލަ ކެންޑިޑޭޓް މުހައްމަދު ފުއާދަށް 143 ވޯޓް ލިބިފައިވާއިރު ތިންވަަނައަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ވިސާމާއަށް ލިބިފައިވަނީ 107 ވޯޓެވެ.
މިމަހުގެ ހަތްވަނަ ދުވަހު ބޭއްވި ށ. މިލަންދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަނުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމުން ވަނީ ކާމިޔާބުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ