13 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރުމުގެ ފުރުސަތު ދިނުން ހުއްޓާލާފައިކަމަށްބުނެ އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ދެކޮޅަށް ކުރެއްވި ދަޢުވާ ސިވިލްކޯޓުން ބަލައިގަނެފިއެވެ.
މި މައްސަލާގައި ނާޒިމް ވިދާޅުވެފައިވަނީ ރައީސް ނަޝީދު ޖަލަށްލި ފަހުން ހަފްތާ އަކު އެއްފަހަރު އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު ކަރެކްޝަނަލަށް ސާވިސް އިން އޭނާ އަށް ދެމުން އައިނަމަވެސް ރައީސް ނަޝީދާ ބައްދަލުކުރުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު ކަރެކްޝަނަލް ސާވިސް އިން އަންގާފައިވާ ކަމަށެވެ. އެހެން ކަމުން މީގެ ކުރިން ވެސް ފުރުސަތުދީފައިވާ ގޮތަށް އޭނާ އާއި އެއްބަނޑުއެއްބަފާ ބޭބޭފުޅާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ދިނުމުގެ އަމުރެއް ނެރެދޭން އެދިލައްވާ ކަމަށް ނާޒިމްގެ ދައުވާގައި ވެއެވެ.
ކަރެކްޝަނަލް ސާވިސްގެ އެ އެންގުމަކީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ 62 ވަނަ މާއްދާ އާއި 85 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް ނާޒިމްގެ އެ ދައުވާގައި އެދިފައިވާއިރު، ރައީސް ނަޝީދު ގޭ ބަންދުގައި ބެހެއްޓެވުމަށް ފަހު، އަލުން ޖަލަށް ގެންދެވީ އުސޫލުތަކާ ހިލާފަށް ކަމަށް އެމަނިކުފާނުގެ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ނަޝީދުގެ ކޮއްކޯފުޅު ކަރެކްޝަންސް އާއި ދެކޮޅަށް ކުރި ދައުވާ ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ