އުމުރަށް ޖަލަށް ލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމް ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރަން މުއްދަތު އިތުރުކޮށްދީފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ މިކަން ޔަގީންކޮށްދީފަ އެވެ.
ެއެތަނުގެ އޮފިޝަލަކު ވިދާޅުވީ ނާޒިމަށް ބޭސް ފަރުވާކުރަން ދިން މުއްދަތު ހަމަވުމުން އޭނާއަށް އިތުރު 10 ދުވަސް ދީފައިވާ ކަަމަށެވެ. މުއްދަތު ކުރީ ނާޒިމްގެ އިތުރު އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމިންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ކުރިން ހިމެނުނު ނާޒިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މި މަހުގެ 10 ވަނަ ދުވަހުގެ ރެ އެވެ. އޭނާއަށް ބޭސް ފަރުވާ ދިނީ ދެ ހަފްތާގެ މުއްދަތު ކަމުން މުއްދަތު އިތުރުކޮށްފައި މިވަނީ މުއްދަތު ހަމަވުމުންނެވެ.
ނާޒިމް ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން މާލޭގައި އޭޑީކޭ އާއި އައިޖީއެމްއެޗްގައި ވެސް އެތައް ފަހަރަކު ނާޒިމަށް ފަރުވާ ދީފައިވެ އެވެ. އަދި އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ވެސް ފަރުވާ ދީފައިވެ އެވެ.
ނާޒިމް އުމުރު ދުވަހަށް ނުވަތަ 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން ހުކުމްކުރީ ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާއި ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.
މެމްބަރު ނާޒިމްގެ ބޭސްފަރުވާ އަށް އިތުރު 10 ދުވަސް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ