ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ނަންބަރުން އަނެއްކާވެސް މެސެޖްތަކެއް ދައުރުވާން ފަށައިފި އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ނަންބަރުން އަނެއްކާވެސް ފޭކް މެސެޖްތަކެއް ދައުރުވަމުންދާ ކަމަށެވެ.
މިނިސްޓަރު އުމަރުގެ ނަމުގައި މީގެކުރިންވެސް ފޭކް މެސެޖްތަކެއް ދައުރުވެފައި ވެއެވެ.
މިނިސްޓަރު އުމަރު ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމަނިކުފާނުގެ ނަމުގައި އަނެއްކާވެސް ފޭކް މެސެޖްތަކެއް ފޮނުވަން ފެށީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ފޮރުވަން އުޅޭ ބަޔަކު ކަމަށް ވެދާނެ ކަމަށެވެ.
އުމަރު ނަސީރުގެ ނަމުގައި މީގެކުރިން މެސެޖްތަކެއް ދައުރުވަމުންދާ މައްސަލާގައި ހޯމް މިނިސްޓްރީން ބުނީ އެއީ ރައީސް އަބްދުﷲ ޔާމީން މިނިސްޓަރު އުމަރަށް ކުރައްވާ އިތުބާރަށް ކެތްނުކުރެވިގެން ބަޔަކު މީހުން އެމަނިކުފާނުގެ އަގުވައްޓާލަން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އުމަރު ސަރުކާރުގައި ހުންނެވީ ވަރަށް ސާބިތުކަމާއި އެކު ކަމަށާއި އުމަރުގެ އަގު ވައްޓާލަން ހިންގާ ނާތަހުޒީބު އަމަލުތަކަށް އޭނާ ހުންނެވީ ވަރަށް ހުށިޔާރުވެގެން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ތަހުގީގުކުރުމަށް ރައީސް ޔާމީން އެކުލަވާލެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އައްޔަން ކުރައްވައިފަ އެވެ.
އުމަރު ނަސީރުގެ ނަންބަރުން އަނެއްކާވެސް މެސެޖްތަކެއް ދައުރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ