އެއާޕޯޓުން ކަރަންޓް ކަނޑައިގެން ހިނގައްޖެ

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ބޮޑު ބަޔަކުން ކަރަންޓް ކަނޑައިގެން ހިނގައްޖެ އެވެ.
އެއާޕޯޓްގެ އޮފިޝަލަކު ވިދާޅުވީ، ކަރަންޓް ގޮސްފައި ވަނީ އެރައިވަލް އާއި ޑިޕާޗާ ޓާމިނަލްއިން ކަމަށެވެ. އެހެން ކަމުން ހިދުމަތް ދިނުމުގައި ދަތިތަކާ ކުރިމަތި ލާން ޖެހިފައިވާ ކަމަށެވެ.
"އެރައިވަލްގައި ހުރި ޑިއުޓީ ފްރީ ތަންތަނުގައި ވެސް ކަރަންޓް ނެތް. އެކަމަކު ޑިޕާޗާ ޓާމިނަލްގައި ބައެއް ތަންތާގައި ކަރަންޓް އެބަހުރި." ވީނިއުސްއާ ވާހަކަ ދެއްކި އޮފިޝަލަކު ވިާޅުވިއެވެ.
އެއާޕޯޓުގެ އިންފޮމޭޝަން ކައުންޓަރުން ބުނީ، ކަރަންޓް ކަނޑައިގެން ގޮސްފައި ވަނީ މިރޭ 8:10 އެހާއިރު ކަމަށާއި އެހެން ނަމަވެސް މިހާރު ކަރަންޓް އައިސްފައިވާ ކަމަށެވެ. އަދި ކަރަންޓް ގޮސްފައި ވަނީ އިންޖީނަކަށް ދިމާވި ކުއްލި މައްސަލައެއްގައި ކަމަށް ވެސް އެއާޕޯޓުގެ އިންފޮމޭޝަން ކައުންޓަރުން މައުލޫމާތު ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ