މޯލްޑިވްސް ޔުނިޓެޑް އޮޕޮޒިޝަނުން ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާ ކަވަރުކުރަމުންދިޔަ ކަމަށް ބުނާ ބޭރުގެ ދެ ނޫސްވެރިން ކޯޓުން ދޫކޮށްލައިފިއެވެ.
ވީނިއުސްއިން ދެންނެވި ސުވާލަަކަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ޖަލްސާ ކުރިއަށްދިޔަ ވަގުތު އާރޓިފިޝަލް ބީޗު ސަރަހައްދުން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފުލުސް އޮފީހަށް ހާޒިރުކުރީ މައުލޫމާތު ސާފުކުރުމަށް ކަމަށެވެ. އަދި ރެއިން ފެށިގެން އެދެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް އޮފިސަރު ވިދާޅުވިއެވެ.
މީޑިއާ އޮފިސަރު ވިދާޅުވީ ނޫސްވެރިންކަމަށް ބުނާ ދެ މީހުން ދޫކޮށްލީ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުންކަމަށެވެ. އެމީހުން ކޯޓުން ދޫކޮށްލުމަށް އަމުރުކުރުމުން މިވަގުތު ފުލުހުންގެ ބަންދުން އެދެ މީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ.
އެ ދެމީހުން ރާއްޖެއަށް އައިސްފައިވަނީ ޓްއަރިސްޓް ވިސާގައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ވީނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ދެމީހުންގެ އަތުގައި އިންޓަރނޭޝަނަލް ޕްރެސް ކާޑެއް އޮތް ކަމަށްވެއެވެ. އަދި އެދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތު އެމީހުން ވަނީ އެއީ ނޫސްވެރިން ކަމަށް ބުނެ އެ ކާޑު ފުލުހުުންނަށްވެސް ދައްކާފައެވެ.
ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޕޮލެންޑްގެ އަންހެނަކާއި އިޓަލީގެ ފިރިނެހެއް ކަމަށްވެސް ވީނިއުސްއަށް ވަނީ އެނގިފައެވެ. އަދި މި ދެމީހުންނަކީ 2012 ވަނަ އަހަރު ވެރިކަން ބަދަލްވެގެންދިޔައިރުވެސް ރާއްޖޭގައި ހިނގި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހައްޔަރުކުރެވުނު ދެ މީހުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރާއްޖޭގެ ގާނޫންތައް ބުނާގޮތުން ސިޔާސީ ހަރަކާތްތަކުގައި ބިދޭސީން ބައިވެރިވުމަކީ ކުށެކެވެ.
އަދި ޓްއަރިސްޓް ވިސާގައި ރާއްޖެއަައިސް އެހެން ކަންކަމުގައި އުޅުމަކީ އިމިގިރޭޝަންގެ ގާނޫނާއިވެސް ހިލާފު ކަމެކެވެ.
ފުލުހުން ރޭ ހައްޔަރުކޮށްފައިވަނީ އަލްޖަޖީރާގެ ދެ ނޫސްވެރިން ކަމަށް ބުނެ އިދިކޮޅު އިއްތިހާދުގެ އިސް ބައެއް ބޭފުޅުންނާއި އާންމުންވެސް ގެންދަނީ ޝޯޝަލް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ހައްޔަރުކުރި ނޫސްވެރިންކަމަށް ބުނާ ދެމީހުން ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ