ރާއްޖޭގެ ބާޒާރަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ޓެކްނިކަލްއެނަލިސިސްއެއް ހެދުމަށް ބަޔަކާއި ޙަވާލުކޮށްފި

ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ ލޭބަލް އާއި ސްޓޭންޑަޑްސް ޕްރޮގްރާމެއް ތައްޔާރުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ބާޒާރަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ޓެކްނިކަލް އެނަލައިސެއް ހެދުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މިއަދު ބަޔަކާ ޙަވާލުކޮށްފިއެވެ.
ތިން މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 254,646 ދިވެހި ރުފިޔާއަށް މި މަސައްކަތް ޙަވާލުކުރީ ސީޑީއީ ޕްރައިވެޓް ލިމިޓެޑާއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވަނީ މިއީ ސްޓްރެންތެނިންގ ލޯކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެދަށުން ކުރިއަށް ގެންދާ މަސައްކަތެއްކަމަށާއި މިއެނަލިސިސް ގައި ރާއްޖޭގައި ގެންގުޅޭ 9 ބާވަތުގެ ކަރަންޓު އާލާތް ހިމަނާފައިވާކަމަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމެންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދެވެ. އަދި ސީ.ޑީ.އީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ސަސްޓެއިނަބަލް ޑިވެލޮމްމަންޓް ކޮންސަލްޓަންޓް މަރިޔަމް ހަނާ ސައީދެވެ.
މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރއޮފް ސްޓޭޓްފޮރ އެންވަޔަރަންމެންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވީ މި ދިރާސާގެ މައިގަނޑު މަޤްސަދަކީ ކަރަންޓު ސާމާނުގެ ހަކަތަބޭނުންކުރާ މިންވަރު އަދި އެތަކެތީގެ އެފިޝެންސީ ހުރިމިންވަރު ދެނެގަތުން ކަމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވަނީ މިދިރާސާއިން ލިބޭ މަޢުލޫމާތުގެ ބޭނުންކޮށްގެން ދިވެހިރާއްޖޭ ގައި އެނަރޖީ އެފިޝެންސީ ލޭބަލް އާއި ސްޓޭންޑަޑްސް ޕްރޮގްރާމް ތައްޔާރުކުރެވޭނެކަމަށެވެ.
ސްޓްރެންތެނިންގ ލޯކާބަން އެނަރޖީ އައިލެންޑްސް ޓްރެޓެޖީސް މަޝްރޫޢަކީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެއެހީގައިކުރިއަށް ގެންދާމަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ