ރައްޔިތުންގެ މަޖިލީހުގެ ތިން
ވަނަ ދައުރު ނިންމާ މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު ތިން ވަނަ ދައުރުގެ
މެމްބަރުންގެ ހާޒިރީ މަޖިލީހުންވަނީ އާއްމުކޮށްފައެވެ.
މަޖިލީހުގެ ހާޒިރީން ދައްކާ
ގޮތުގައި އޮކްޓޯބަރ މަހު ބޭއްވި 12 ޖަލްސާގެ ތެރެއިން މެމްބަރު އާދަމް ޝަރީފް
ހާޒިރުވެފައިވަނީ 8 ޖަލްސާއަކަށެވެ. ހާޒިރުނުވާ 4 ޖަލްސާގެ ތެރެއިން ތިން ދުވަހަކު
މަޖިލީހުގެ ރަސްމީ ދަތުރުފުޅެއްގައި ޤައުމުން ބޭރުގައި ހުންނެވިއިރު އެއް
ޖަލްސާއަށް ސަލާމް ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.
ތިން ވަނަ ދައުރުގައި ނޮވެމްބަރ
ބޭއްވުނު 13 ޖަލްސާއަށް މެމްބަރު އާދަމް ޝަރީފް ވަޑައިގެންފައިވާއިރު މަޖިލީހުގެ
ދައުރު އިތުރުކޮށް ޑިސެމްބަރ މަހު ބޭއްވި 5 ޖަލްސާގެ ތެރެއިން މެމްބަރު އާދަމް
ޝަރީފްވަނީ 3 ޖަލްސާއަކަށް ސަލާމް ބުނެފައެވެ. ހާޒިރުވެފައިވަނީ 2 ޖަލްސާއަށެވެ.
މެމްބަރު އަދާމް ޝަރީފް މީދޫ
ޓައިމްސްއަށް މަޢުލޫމާތުދެމުން ވިދާޅުވީ، ޑިސެމްބަރ މަހުގެ ޖަލްސާތަކަށް ސަލާމް
ބުނެފައިވަނީ ބޭސްފަރުވާއަށް އިންޑިޔާއަށް ވަޑައިގެންނެވި ތިން ދުވަހުކަމަށެވެ.
މީގެ އިތުރުން ޑިސެމްބަރ 5 ވަނަ ދުވަހަށް މަޖިލީހުގެ ދައުރު އިތުރު ކުރީ
ބޭރަށްދިޔަ ފަހުންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު އާދަމް ޝަރީފްއަކީ
މަޖިލީހުގެ ޖަލްސާތަކަށް ބަރާބަރަށް ވަޑައިގަންނަވާ މަޖިލީހުގެ މަސައްކަތްތަކުގައިވެސް
ފުރިހަމައަށް ބައިވެރިވެވަޑައިގަންވާ މެމްބަރެއްކަމަށް މަޖިލީހުގެ ރައީސްވެސް ވަނީ
މީގެ ކުރިން ވިދާޅުވެފައެވެ.
ތިން ވަނަ ދައުރުގައި މެމްބަރު އާދަމް ޝަރީފް ސަލާމް ބުނެފައިވަނީ 4 ޖަލްސާއަކަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ