2 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރުމަކީ ޖަނަވާރުންގެ އަމަލެއް ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ

ދެކުނުގެ އަތޮޅެއްގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް ކުރި ޖިންސީ ގޯނާ އަކީ ގަބޫލުފުޅުކުރައްވަން ދަތި، ޖަނަވާރުގެ އަމަލެއް ކަމަށް ކުރީގެ ރައީސް، އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މިއަދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ އެކަންކުރި ބަޔަކަށް ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭންޖެހޭ ކަމަށެވެ.
ފޭސްބުކްގައި މީހަކު އާއްމުކުރި ޕޯސްޓެއްގަިއ ބުނި ގޮތުގައި އެކުއްޖާގެ މަންމައާއި ބައްޕައަކީ ވެސް މަސްތުވާ ތަކެއްޗަށް ދެވި ހިފާފައިވާ މީހުންނެވެ. އެ ކުއްޖާ ބަލަހައްޓަމުން އައީ އޭނާގެ މަންމައާއި ބަައްޕައެވެ. ނަމަވެސް މަސތުވާ ތަކެތީގެ ސަބަބުން ސިއްހީ ހާލަތެއް މެދުވރިވެގެން މި މަހުގެ 13ވަނަ ދުވަހު އޭނާގެ މަންމަ މާލެ ގެންވިފައިވާ ކަމަށް އެ މީހާ ބުނެފައިވެއެވެ. ގޭގައި އެއްވެސް އަންހެނަކު ނޫޅޭތީ ކުއްޖާއާއި ހަވާލުވާން ބޮޑުދައިތަ އެދުމުން ބައްޕަ އެގޮތަށް އެއްބަސް ނުވީ ކަމަށް އޭނާ ބުނެފައިވެއެވެ.
ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން އެނގުނީ ބޮޑު ދައިތަ ގާތު ޖިންސީ ގުނަވަނުގައި ރިއްސާ ކަމަށް އެ ކުއްޖާ ބުނުމުންނެވެ. އެ ކުއްޖާގެ ފަރާތުން އެނގުނު ގޮތުގަިއ އޭނާއަށް ގޯނާކުރީ ބައްޕައެވެ. ހޮސްޕިޓަލަށް ގެންދިއުމުން ކުއްޖާއަށް ލިބިފައިވާ ޖިސްމާނީ ގެއްލުންވެސް ރަނގަޅު ނުކުރެވޭނޭ ކަމަށް ބުނެފައިވާ ކަމަށް ވެއެވެ.
2 އަހަރުގެ ކުއްޖަކަށް ިޖިންސީ ގޯނާ ކުރި ކަމަށް ބުނެ ފޭސްބުކްގައި އާއްމނު ކޮށްފައިވާ ޕޯސްޓު
ފޭސްބުކްގައި މައުލޫމާތު ހިއްސާކުރި ފަރާތުން ބުނި ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ ބައްޕައާއި ކާފަ އަދި މުނި ކާފަގެ މައްޗަށެވެ. ޖެންޑަރ މިނިސްޓްރީއިން ވަނީ މިހާރު އެ ކުއްޖާއާ ހަވާލުވެފައެވެ.
މިކަން ހިނގާފައިވަނީ ދެކުނުގެ އަތޮޅެއްގައި ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ކަމާ ބެހޭ ފަރާތްތަކުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ