ޑާކްރެއިންގެ ނޮވެމްބަރުގެ 'މޫސުން' މާދަމާ ބަދަލުވާނެ!

އަންނަ އަހަރު ސްކްރީނު ކުރުމަށް ހަމަޖެހިފައިވާ ޑާކްރެއިންގެ "ނޮވެންބަރު"ގެ ޝޫޓިން ބާރު ސްޕީޑުގައި ކުރިއަށްދާއިރު އެ ފިލްމުގެ ދެވަނަ ލަވައިގެ އޯޑިއޯ އާންމުންނަށް ދޫކޮށްލުމަށް އެ ޓީމުން ތައްޔާރުވެއްޖެ އެވެ. މި ލަވަ ކޮމްޕޯސްކުރީ ޝައްމޫން މުހައްމަދު އެވެ. ހިތްގައިމު އެ ލަވަ ކިޔާފައި ވަނީ އަޝްފާ އެވެ. މޫސުންގެ މިއުޒިކް ތައްޔާރުކުރީ ހުސައިން ތައުފީގެވެ. އޯޑިއޯ ލަވަ ރިލީޒްކުރުމާއެކު ބައިސްކޯފު، ލަވަފޮށި، ޔޫޓިއުބް އަދި ސައުންޑްކްލައުޑުން ހިތްގައިމު ލަވަ އިވިގެންދާނެ އެވެ. ސިންގަޕޫރުގައި ފިލްމުގެ މަންޒަރުތައް ޝޫޓްކޮށް ޑާކްރެއިން ޓީމުން ވަނީ ފިލްމުގެ ޝޫަޓިން އައްޑޫގައި ކުރިއަށް ގެންދިޔުމަށް ފަހު މިހާރު މާލެ އައިސްފަ އެވެ. މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. އެ ފިލްމަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ