ދިރާގުން އައިފޯން 11 އަށް ޕްރީ އޯޑަރ ނަގަން ފަށައިފި

ދިރާގުން އެންމެ ފަހުގެ އައިފޯން 11 އަދި އައިފޯން ޕްރޯ އަށް ޕްރީ އޯޑަރ ކުރުމަށް ހުޅުވާލައިފިއެވެ.
މިރެއިން ފެށިގެން ޕްރީ އޯޑަރ ކުރުމަށް ހުޅުވާލާފައިވާއިރު އެއްކޮށް ރުފިޔާ ދައްކައިގެންނާއި މަސްމަހަށް ބަހާލައިގެން ރުފިޔާ ދެއްކޭ ގޮތަށްވަނީ ހަމަ ޖައްސާފައެވެ. ޕޯސްޓްޕެއިޑެއްގެ ގޮތުގައި 1 އަހަރު ބޭނުން ކޮށްފައިވާ ނަމްބަރެއް އޯޑަރ ކުރާއިރު ޕޯސްޓްޕެއިޑް ބިލިންގ ގޮތަށް އިންނަ ކަމުގައިވާނަމަ އިންސްޓޯލްމަންޓަށް ނެގޭގޮތަށްވަނީ ހަމަޖައްސާފައެވެ.
ދިރާގުން ޕްރީ އޯޑަރ އަށް ފޯން ނަންގަވާ ފަރާތްތަކަށް 6 މަސް ވަންދެން ކޮންމެ މަހަކު 5 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ. އަދި އެއް ކަސްޓަމަރަށް ޕްރީ އޯޑަރ ކުރެވޭނީ 1 ފޯނަށެވެ.
އައިފޯން 11 އަށް ޕްރީ އޯޑަރ ކުރެއްވުމަށް: https://www.dhiraagu.com.mv/iPhone_11.aspx
އައި ފޯން 11 ޕްރޯއަށް ޕްރީ އޯޑަރ ކުރެއްވުމަށް: https://www.dhiraagu.com.mv/iPhone_11_Pro.aspx
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ