ވިޔަފާރި އާއި މަދަނީ އިލްތިޒާމްތަކުން އުފެދޭ މައްސަލަތަކަށް ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ހައްލުތައް ލިބެން ފެށުމުން، ކޮންމެ މައްސަލައަކަށް ކޯޓުން ހައްލު ހޯދުމުގެ ސަގާފަތް ހުއްޓޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
އާބިޓްރޭޝަން ސެންޓަރުން ހިދުމަތް ދޭން ފެށުމުން އެކަމަށް އިޝާރާތްކުރައްވައި ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި އެ ސަގާފަތް ހުއްޓޭނީ ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ހަރަދުކުޑަ އަދި އަވަސް ހިދުމަތެއް ލިބެން ފެށުމުންނެެވެ.
ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ވިޔަފާރީގެ މުޢާމަލާތްތަކާއި މަދަނީ އިލްތިޒާމްތަކުން އުފެދޭ މައްސަލަތަކަށް އަވަހަށް އަދި ޚަރަދު ކުޑަކޮށް ހައްލު ލިބުމުން، ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަޤާފަތް ހުއްޓޭނެ. https://t.co/e2yRHtZJl8— I Riffath (@ibriffath) December 14, 2020
ރާއްޖޭގައި މުޅިން އަލަށް ގާއިމްކުރި އާބިޓްރޭޝަން ސެންޓަރުގެ ހިދުމަތް ދޭން ފެށީ މިއަދު އެވެ.
އެ ސެންޓަރުން ނެރުނު ބަޔާނުގައި ބުނީ މިއަދުން ފެށިގެން، ގާނޫނުގައިވާ ގޮތުގެ މަތިން އާބިޓްރޭޝަންގެ ކަންކަމާ ގުޅުންހުރި ހިދުމަތްތައް އެ ސެންޓަރުން ރަސްމީކޮށް ދޭން ފަށާފައިވާ ކަމަށެވެ. މިހާރު ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށް ބަޔާނުގައިވެ އެވެ.
Arbitration center in hidhumaiy dheyn fashaifi
Mihaaru
އެ ސެންޓަރުން ބުނި ގޮތުގައި ސެންޓަރުން ވަނީ ވާޗުއަލް ހިދުމަތްތައް ވެސް ތައާރަފްކޮށްފަ އެވެ. ވާޗުއަލް ހިދުމަތްތަކާއެކު އާބިޓްރަލް ޕްރޮސީޑިން ކުރިއަށް ގެންދިއުމުގެ އިހްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެ ކަމަށް އެތަނުން ބުންޏެެވެ.
އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ކުރިއަރުވައި، އެކަމަށް މަގުފަހިކޮށް ދިނުމާއި އެކަމާ ބެހޭ އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ. ރާއްޖޭގައި އާބިޓްރޭޝަންގެ ގާނޫނު ތަސްދީގުކުރީ 2013 ގަ އެވެ. ރާއްޖޭގައި އާބިޓްރޭޝަން ސެންްޓަރެއް ހުޅުވައި އަމަލީ މަަސައްކަތް ފެށީ 2019 އޭޕްރިލް ގަ އެވެ.
އާބިޓްރޭޓަރުންގެ ހިދުމަތާ އެކު ކޮންމެ ކަމަކަށް ކޯޓުން ހައްލު ހޯދުމުގެ ސަގާފަތް ހުއްޓޭނެ: އޭޖީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ