ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ބެލެހެއްޓުމުގައި މިހާރަށް ވުރެ ބޮޑަށް ދެފުށްފެންނަ ނިޒާމެއް އޮންނަން ޖެހޭ ކަމަށެވެ. ޚާއްޞަކޮށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ޕާޓީތަކުން އެ ފައިސާއަށް ޢަމަލުކުރާ ގޮތް ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދީގެ ބަލަން، ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ޕާޓީތަކަށް. ރައްޔިތުންގެ ޓެކްސް ފައިސާއިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ ކަމަށްވަންޏާ އެފައިސާ މެދު ޢަމަލުކުރި ގޮތެއް ރައްޔިތުންނަށް ސާފުވާންޖެހޭނެ. އަޅުގަނޑުމެން ބަލަން އޮޑިޓަރު އޮޑިޓް ކޮށްފައި އޮންނައިރު އެއްވެސް ކަހަލަ މައްސަލައެއް ފާހަގަކޮށްފައިވާނަމަ އެކަމެއް. އޮޑިޓަރު މި ބަލަނީ އިންޓަނޭޝަނަލް އޮޑިޓިން ސްޓޭންޑަޑަށް." ޒަކަރިއްޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ