އިންޑިއާގެ 200 ސިފައިން ރާއްޖޭގެ 3 ސަރަހައްދެއްގައި ރުކުރުވާލާފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ގައުމީ ދުވަހުގެ މުނާސަބަތުގައި އެބޭފުޅާގެ ފޭސްބުކް ޕޭޖްގައި އާންމު ކުރެއްވި ވީޑިއޯއެއްގައެވެ.
އުމަރު ވިދާޅުވީ ޕޯޗުގީޒުން ދިވެހިންނަށް ހަމަލާދިނީ ކަނޑިއާއި ބަޑިންކަމަށާއި، އެކަމަކު މި ޒަމާނުގައި ގައުމުތަކަށް ހަމަލާދެނީ ކަނޑިއާއި ބަޑިން ނޫންކަމަށެވެ. އަދި މި ޒަމާނުގައި ގައުމުތަކަށް އަރާ އެތަންތަން ހިފަނީ އެހެނިހެން ނުސީދާ ގޮތްތަކުންކަމަށް އުމަރު ވިދާޅުވިއެވެ. އަދި މިއަދު މިވާހަކަ ދައްކާއިރު އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި އެބަތިބިކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
"މިއަދު އަޅުގަނޑު މިވާހަކަ ދައްކާއިރުގައި އިންޑިއާގެ އަސްކަރިއްޔާގެ 200 ސިފައިން ދިވެހިރާއްޖޭގައި ތިން ސަރަހައްދެއްގައި ރުކުރުވާލާފަވޭ"، އުމަރު ވިދާޅުވިއެވެ. މިކަމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް އެބޭފުޅާ ވަނީ ސިފަކުރައްވާފައެވެ.
އެބޭފުޅާ އިތުރަށް ވަނީ މިއީ ހުއްޓުވަންޖެހޭ ކަމެއް ކަމަށާއި، މާތްﷲ އިރާދަކުރެއްވިއްޔާ މިގައުމުގެ މިނިވަންކަން ދިފާއުކުރުމުގައި އަބަދުވެސް ދިވެހިން ތެދުވާނެކަމަށް ވިދާޅުވެފައެވެ.
ފޮޓޯ: ސަން
ދިވެހިރާއްޖޭގެ ތިން ސަރަހައްދެއްގައި 200 އިންޑިއާ ސިފައިން އެބަތިބި: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ