މިހާރު ރަޙްމަތްތެރިކަމުގެ ދަތުރެއްގައި ރާއްޖެ ޒިޔާރާތްކޮށްފައިވާ އިންޑިއަން ނޭވީ ޝިޕް ސުޖާތާއާއި އިންޑިއަން ކޯސްޓްގާޑް ޝިޕް ވަރުނާއާ އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގ ގުޅިގެން މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި މިއުޒިކް ބޭންޑް ކޮންސެޓެއް ބާއްވާގޮތަށް ހަމަޖައްސަވައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ޖުމްހޫރީ މައިދާނުގައި ހަވީރު 17:00 އިން 19:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންސެޓްގައި ދިވެހި ރާގުތަކާއި ހިންދީ ރާގްތަކުގެ އިތުރުން ދެބޭންޑް ގުޅިގެން ހިންދީ ލަވަ ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިކޮންސެޓަކީ، އިންޑިޔާގެ ދެމަނަވަރުކަމުގައިވާ ނޭވީ ޝިޕް ސުޖާތާއާއި، ކޯސްޓްގާޑް ޝިޕް ވަރޫނާއާއި އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގ ގުޅިގެން ހިތްގައިމު ރާގުތަކެއް އާއްމުންނަށް ހުށަހަޅައިދީ، ދެޤައުމުގެ ބޭންޑްގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ބާއްވާ މިއުޒިކް ކޮންސެޓެއް ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެ އެވެ.
މިކޮންސެޓް ބެލުމުގެ ފުރުޞަތުވަނީ އާޢްމުކޮށް ހުޅުވާލެވިފައެވެ.
ބޭންޑް ކޮންސެޓެއް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ