އަބްދުﷲ ޝާހިދު ކެމްޕޭން ކޯޑިނޭޓަރަކަށް

އައްޑޫގައި އެމްޑީޕީން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތައް ކޯޑިނޭޓް ކުރައްވަމުން ގެންދެވި ޑރ. މުސްޠަފާ ލުޠުފީ ، އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ރަނިންމޭޓަށް ހަމަޖެއްސުމާ ގުޅިގެން މުސްޠަފާގެ ބަދަލުގައި އެމަގާމަށް ޑިޒާސްސްޓާ މެނޭޖްމަންޓް ހިންގެވި އަބްދުﷲ ޝާހިދު ހަމަޖައްސަވައިފި އެވެ.
އަބްދުﷲ ޝާހިދު ވަނީ އައްޑޫގެ ކެމްޕެއިން ޓީމުތަކުގެ އެންމެ އިސްވެރިންނާއި ބައްދަލުކޮށް ކެމްޕެއިން ކުރިއަށްދާ ގޮތާއި ބެހޭ މައުލޫމާތު ހޯދާފައެވެ. އެމްޑީޕީން އައްޑޫގައި ރޭވަނީ ރައްޔިތުންގެ މަޖިލިސް މެމްބަރުން ހިމެނޭ ކަންމަތީ ބައްދަލުވުމެއް ބާއްވާފަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ކައިރީ ބޮޑު މަގުގައި ބޭއްވި ޖަލްސާއަށް އެޕާޓީގެ ގިނަ ސަޕޯޓަރުންވަނީ ގޮސްފައެވެ. މި ޖަލްސާގައި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް އާއި މޭޔަރު އަބްދުﷲ ސޯދިގް ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި ބައެއް އާއްމު ފަރާތަކުން ވެސް ވަނީ އެ ބޭފުޅުންގެ ޝުއޫރު ފާޅުކޮށްފަ އެވެ.
އެމްޑީޕީން ރިއާސީ އިންތިހާބްގެ ކެމްޕެއިން ވަރަށް އޮގަނައިޒްކޮށް އައްޑޫގައި ކުރިއަށް އެބަ ގެންދަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ