ރާއްޖޭގެ ރައްޔިތުން ބޭނުންވާ ވެރިއަކު ދެން ހޮވާނީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ފަދަ އިންތިހާބެއް ބާއްވައިގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫންގެ ފޭސްބުކް އެކައުންޓްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން އޮކްޓޯބަރު ހަތެއްގައި ނެރެފައިވާ އިންތިހާބާ ބެހޭ ގައިޑްލައިންގެ ބޭނުމަކީ ވޯޓް ލުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާ މީހުންގެ ހައްގުތައް ރައްކާތެރިކޮށް، މިނިވަން ކަމާއި އިންސާފުވެރި މާހައުލެއްގައި ރައްޔިތުންނަށް ވޯޓްލެވޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ.
ވޯޓްގައި އިތުރު އޮޅުވާލުމެއް ހިނގިޔަ ދޭން ރައްޔިތުން ބޭނުންނުވާ ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
"އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި ސުޕްރީމް ކޯޓުން އިންތިހާބާ ބެހޭ ގޮތުން ނެރެފައިވާ ގައިޑްލައިނަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ތަބާވާންޖެހޭނެ،" މައުމޫން ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރު ސެޕްޓެމްބަރު ހަތެއްގައި ބޭއްވިއިރު ބޮޑެތި އޮޅުވާލުންތަކެއް ހިނގައިވާކަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އިން ވެސް ފާހަގަކުރެވިފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެގޮތުން ރެންޑަމްކޮށް ނެގުނު 50 ފޮއްޓެއްގައި 22،000 މީހުން ވޯޓްލި އިރު އޮޅުވާލައިގެން ލާފައިވާ 5،600 ވޯޓު ހުރި ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް އިންސާފުވެރި ދެފުށް ފެންނަ ހަމަހަމަ އިންތިހާބެއް ވީއެންމެ އަވަހަކަށް ބާއްވައިދެއްވުމަށް ވެސް އިލެކްޝަންސް ކޮމިޝަނަށް މައުމޫން ވަނީ ގޮވާލައްވައިފަ އެވެ.
ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ފަހު އަލުން އިންތިހާބު ބޭއްވުމަށް ނެރެފައިވާ އިންތިހާބާ ބެހޭ ގައިޑްލައިންގައި އެ އިންތިހާބުގައި ބޭނުންކުރާ ފައިނަލް ވޯޓާސްލިސްޓަކީ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ސޮއިކޮށްފައިވާ ލިސްޓެއް ކަމުގައިވާން ޖެހޭ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އިއްޔެގެ އިންތިހާބު ކެންސަލްވީ ގައިޑްލައިނާ ހިލާފަށް އިލެކްޝަނުން އިންތިހާބު ބޭއްވުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ އެކަމަށް ފުލުހުން އެއްބާރުލުން ނުދިނުމާ ގުޅިގެންނެވެ.
ވެރިއަކު ހޮވާނީ އިތުބާރު ކުރެވޭ އިންތިހާބެއް ބާއްވައިގެން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ