ބަންދު ތެރޭގައި ބޭންކުތައް ހުޅުވާނީ ޖުލައި 29ގައި

ކުރިޔަށް އޮތް ބަންދު ތެރޭގައި އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާނީ ޖުލައި 29 ގައި ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފިއެވެ.
މިނިވަންދުވަހާއި އަޟްހާ އީދާ ގުޅިގެން މިމަހުގެ 26 އިން އަންނަ މަހުގެ ތިނަކަށް ސަރުކާރު ބަންދު ކުރުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން އެމްއެމްއޭ އިން މިއަދު ބުނީ ބޭންކުތަކާއި އެމްއެމްއޭ ހުޅުވާފައި ހުންނާނީ ޖުލައި 29 ވާ ބުދަ ދުވަހު ކަމަށެވެ.
އެމްއެމްއޭ އިން ބޭންކިން ހިދުމަތް ދޭނީ ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް ކަމަށާއި ސިޓީއާއި ތަކެތި ބަލައިގަތުން ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް ކުރިއަށްދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މިނިވަން ދުވަސް ދިމާވަނީ އާދީއްތަ ދުވަހަކާއެވެ. އަދި ޖެހިގެން އަންނަ ހޯމަ ދުވަސް ސަރުކާރު ބަންދުކުރަނީ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެންނެވެ. ހަމަ އެ ހަފްތާގެ އަންގާރަ އަދި ބުދަ ދުވަސް ބަންދު ކުރުމަށް ސަރުކާރުން ނިންމީ ބުރާސްފަތި ދުވަސް ހައްޖު ދުވަހަށް ވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ