ދަތުރުކުރަން އެންމެ ރައްކާތެރި މާދަމާއެއް ހޯދަންޖެހޭ: މިނިސްޓަރު އަލީ

ދުނިޔޭގެ ހުރިހައި ގައުމުތައް ގުޅިގެން އަލުން ފަތުރުވެރިކަން ދިރުވާ އާލާ ކުރުމަށް ދަތުރުކުރަން އެންމެ ރައްކާތެރި މާދަމާއެއް ހޯދަންޖެހޭ ކަމަށް ޔޫއެންޑަބްލިއުޓީއޯގެ ސައުތު އޭޝިޔާ ރީޖަނަލް ކޮމިޝަންގެ ޗެއަރ އަދި ރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އަލީ ވަހީދު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ އދ.ގެ މައި ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯ އިން އެކުލަވާލި ގްލޯބަލް ކްރިސިސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ސައުތު އޭޝިއާ އަދި ރާއްޖެ ތަމްސީލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ދުނިޔެ އަބަދު ލޮކްޑައުންކޮށްގެން ނުތިބެވޭނެކަމަށާއި, ކޮވިޑް-19 ބަލިން ރައްކާތެރިވެ ސަލާމަތްތެރިކަން ހޯދުމުގައި ދުނިޔޭގެ ހުރިހައި ގައުމުތަކެއް ގުޅިގެން ޑަބްލިޔުއެޗްއޯގެ އެންގުންތަކާ އެއްގޮތަށް އަވަސް ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. އަދި މާދަމާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހަޔާތުގައި ވަރަށްވެސް ހިތާމަވެރި ދުވަހެއްކަމަށާއި، މިމަހުގެ 27 އިން ފެށިގެން މިވަގުތަށް ރާއްޖެއަށް އޮން އަރައިވަލް ވިސާ ދިނުން ހުއްޓާލަނީ ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ވީޑިއޯ ކޯލް މެދުވެރިކޮށް ބޭއްވި ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމެޓީގައި މިނިސްޓަރ ޢަލީ ވަޙީދު ދެއްކެވި ވާހަކަފުޅުގައިވަނީ ދުނިޔެ އަބަދު ލޮކްޑައުންކޮށްގެން ނުތިބެވޭނެކަމަށާއި ކޮވިޑް-19 ބަލިން ރައްކާތެރިވެ ސަލާމަތްތެރިކަން ހޯދުމުގައި ދުނިޔޭގެ ހުރިހައި ޤައުމުތަކެއް ގުޅިގެން މަަސައްކަތްކުރުމަށް ގޮވާލާފައެވެ.ޑަބްލިއުއެޗްއޯގެ އެންގުންތަކާ އެއްގޮތަށް އަވަސް ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުގެ މައްޗަށް މިނިސްޓަރު ޢަލީވަޙީދުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މާދަމާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޙަޔާތުގައި ވަރަށްވެސް ހިތާމަވެރި ދުވަހެއްކަމަށާ، މާދަމާއިން ފެށިގެން މިވަގުތަށް ދިވެހިރާއްޖެއަށް އޮން އަރައިވަލް ވިސާ ދިނުން ހުއްޓާލަނީ ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ