ވިލާ ކުންފުނީގެ ރިސޯޓްތަކުގައި ހުރި އެއްވެސް މުދަލެއް ކަސްޓަމްސްއަށް އެރަށުން ބާލައިގެން ގެންދެވޭނެ ގާނޫނީ ހަމައެއް ނެތްކަމަށާ މި ހާލަތުގައި މުދަލެއް ގެންގޮސްފިނަމަ އެކަން ވެގެންދާނީ ފޭރުމުގެ އަމަލަކަށްކަމަށް ވިލާ ގްރޫޕްގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް އަހުމަދު ޝަމީމް ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ވާހަކަދައްކަވަމުން ގާނޫނީ ވަކީލް ޝަމީމް ވިދާޅުވީ ވިލާގެ ރިސޯޓްތަކުގައި ހުރީ ގާނޫނާއި ޚިލާފަށް ހޯދާފައިވާ ތަކެތި ނޫންކަމަށެވެ.
އަދި ކޯޓުން ކަސްޓަމްސްއަށް ދީފައިވާ ކޯޓް އަމުރުގައި އޮތީ ބަލާ ފާސްކުރުމުގެ އަމުރު ކަމަށާ އެހެންކަމުން ކޯޓްގެ އަމުރާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެކަމަށެވެ.
ދައުލަތުގެ މުއައްސަސާތަކަށް ރިސޯޓްތަކުގައި ހުރި ތަންތަން ބެލޭނެކަމަށާ ބަލަންޖެހޭ އެއްޗެއް ބަލާ ވަންނާނެ ތާކަށް ވަނުމަށް މިހާތަނަށް އެއްވެސް ހުރަހެއްވެސް އަޅާފައިނުވާނެކަމަށެވެ. އަދި ކޯޓް އަމުރުގައިވާ ގޮތުން ކަސްޓަމްސްގެ އޮފިސަރުންނަށް ވަކީލުންނާއިވެސް ސުވާލު ނުކުރެވޭނެކަމަށް ސަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ މި ހާލަތުގައި މުދަލެއް ގެންގޮސްފިނަމަ އެކަން ވެގެންދާނީ މީހެއްގެ މުދަލެއް ފޭރުމުގެ އަމަލަކަށްކަމަށެވެ.
އަދި ގާނޫނުލް އުގޫބާތުގައިވާގޮތުން ސަރުކާރުގެ އިދާރާއަކުން ކުރިނަމަވެސް ކޮންމެ މުއައްސަސާއަކުން ކުރިނަމަވެސް މިފަދަ ކަންކަން ވެެގންދާނީ ފޭރުމުގެ އަމަލަކަމަށްކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ސާފުކޮށް އެގެން އޮތްކަމެއްގައި ކަމާބެހޭ މުއައްސަސާއަކުން މިފަދަ ބޮޑު ގޯހެއް ނުހަދާނެކަމަށް އުންމީދުކުރާކަމަށެވެ.
މީގެ އިތުރަށް ޝަމީމް ވަނީ ވިލާގެ ރިސޯޓްތަކުގައި ކަސްޓަމްސްއިން ހިންގާ ހަރަކާތުގެ ބޭނުމާއިމެދުވެސް ސުވާލު އުފައްދަވާފައެވެ. ޝަމީމް ވިދާޅުވީ ވިލާގެ ރިސޯޓްތަކުން ހޯދާ ހެކީގެ ބޭނުމެއް ނެތްކަމަށާ މިއީ ޖިނާއީކަމެއް ހިމެނޭކަަމަކަށް ނުވާތީ އެތަށް ވަގުތަކާއި ދައުލަތުގެ ފައިސާ ވިޔަފާރިއަކަށް ޖެއްސުންކުރުމުގެ ބޭނުމުގައި ހިންގުމުގެ މާނައެއް ނުވިސްނޭކަމަށެވެ.
މިފަދަ ކަމެއްގައި މީހަކު ކުށެއް ކުރިނަމަވެސް އެކަން ވެގެންދަނީ އިދާރީ ކުށެއްކަމަށާ އެފަދަ މައްސަލައެއްގައި ކޯޓުން އަމުރު ހޯދާ އެ މައްސަލާގައި ހެކި ހޯދަނީ ކީއްކުރަންތޯ ސަމީމް ވަނީ ސުވާލު ކުރައްވާފައެވެ.
ޝަމީމް ވިދާޅުވީ މި މައްސަލާގައި ފެންނަ މަންޒަރުތަކަށް ބަލާލުމުން މިއީ ސިޔާސީ ވިސްނުމުގައި އެހެން އެއްވެސް ބޭނުމެއްނެތި ހިންގާ ކަމެއްކަން ހާމަވާކަމަށެވެ.
ރިސޯޓްތަކުން މުދާ ގެންދާނަމަ އެއީ ފޭރުމުގެ އަމަލެއް: ވަކީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ