ހަނީމޫނު ފާހަގަ ކުރުމަށް މުޅިން އަލަށް ރާއްޖެއައި އިންޑިޔާގެ ޕަޓްނާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގްގެ މި ދަތުރު ވެގެން ދިޔައީ ހީވެސް ނުކުރާކަހަލަ ހައިރާން ވާފަދަ އެތައް ކަމަކާ ކުރިމަތިލާން ޖެހުނު ދަތުރަކަށެވެ.
އިންޑިގޯގެ ފްލައިޓް 6E 1131 ގައި މެންދުރު 12:55 ގައި ފިރިމީހާ އާއެކު ރާއްުުޖެ އާދެވުމާއެކު އޭނައަށް ރާއްޖެއިން ކީ ހޫނު މަރުހަބާއެކެވެ. ކާޖަލް ވެގެން ދިޔައީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިޔަން ވަނަ ފަތުރުވެރިޔާއަށެވެ.
ހަނީމޫނަށް މަލަހިނި ކުޑަ ބަނޑޮސްއަށް ކާޖަލް ޒިޔާރަތް ކުރާއިރު، މިއީ އޭނާ ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރެވެ. އޭނާ ރާއްޖެއަށް އައުމުން އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެންނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ގެންދިޔަ ޚާއްސަ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވަނީ ބައިވެރިވެ ވަޑައިގެން ކާޖަލް ސިންގްއަށް މަރުޙަބާ ދަންނަވާފައެވެ.
1 މިލިޔަންވަނަ ފަތުރުވެރިޔާގެ ހައިސިއްޔަތުން ކާޖަލް ސިންގްއަށް ވަނީ ރައީސުލްޖުމްހޫރިއްޔާ 2024 ވަނަ އަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަހު ފައްޓަވައިދެއްވާފައިވާ “ފަސް މިލިޔަން ގަސް” ޕްރޮގްރާމްގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.
1 މިލިއަން ފަރުތުވެރިޔާގެ މިކާމިޔާބީ ފާހަގަކުރައްވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤު ވިދާޅުވީ، މިލަނޑުދަނޑިއަކީ ރާއްޖެވަންތަ ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔެއަށް އިޝްތިހާރުކުރުމަށް ކުރަމުންދާ ގިނަގުނަ މަސައްކަތް ފުރިހަމައަށް ރަމްޒުކޮށްދޭ ދިވެހިން ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ކަމަށެވެ. އަދި މީގެ އިތުރުން އަހަރުގެ މިހާ ކުރީކޮޅު ރާއްޖެއަށް 1 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރުމަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި، ދިވެހީންގެ މެހުމާންދާރީ ދުނިޔޭގެ އެކިކަންކޮޅުތަކުން ބަލައިގެންފައިވާކަމުގެ އަލިގަދަ ހެއްކެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މިކާމިޔާބީ ހާސިލުކުރުމަށް މަގުފަހިކޮށްދީފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް އެފަރާތްތަކަށް ވަޒީރު ޠާރިޤު ވަނީ ޝުކުރު ދަންނަވާފައެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން އައި އިރު އެއީ މިދިޔަ އަހަރަށް ވުރެ 8 ޕަސެންޓުގެ އިތުރުވުމެވެ. މި ޖޫން މަހުގެ މިހާތަނަށް ވަނީ މިދިޔަ އަހަރަށް ވުރެ 18 ޕަސެންޓު އިތުރަށް ޓޫރިސްޓުން އައިސްފަ އެވެ. މި ވަގުތު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ޗައިނާ އާއި ރަޝިއާ އިން ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 2.1 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
އިންޑިއާއަކީ މިވަގުތު ރާއްޖެއަށް ހަ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 56،000 ޓޫރިސްޓުން އައިސްފައި ވެ އެވެ. މިދިޔަ އަހަރު ނިމުނު އިރު ވެސް އިންޑިއާ އޮތީ ރާއްޖޭގެ ހަ ވަނައިގަ އެވެ. އިންޑިއާ އަކީ 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔަ ގައުމެވެ.
ލ. ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ދެމީހެއްގެ ފައި ބިނދިއްޖެ އަމާޒަކީ ފެލިވަރާއި ތިނަދޫ ކޯލްޑް ސްޓޯރޭޖް މިއަހަރު ބޭނުންކުރަން ފެށުން: ވަޒީރު ޝިޔާމް ކާބޯތަކެތީގެ ރައްކާތެރިކަމަކީ ޢާންމު ޞިއްޙަތާއި އިޤްތިޞާދީ ވިލުންތެރިކަމުގެ ބިންގާ- ރައީސް ރައީސުލ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ