ހުރިހާ ރައްޔިތުން ޝާމިލުވާފަދަ ޤާނޫނު އަސާސީއެއް އެކުލަވާލާނަން- މަންސޫރު

މިޞްރުގެ ހުރިހާ ރައްޔިތުން ޝާމިލުވާފަދަ ޤާނޫނު އަސާސީއެއް އެޤައުމުގައި އެކުލަވާލައްވާނެކަމަށް، މިޞްރުގެ ވަގުތީ ރައީސް- ޢަދްލީ މަންސޫރު، ވަޢުދުވެވަޑައިގެންފިއެވެ.
މިޞްރުގެ ޤައުމީ ޓީވީ މެދުވެރިކުރައްވާ ދެއްވި ޚިޠާބެއްގައި ޢަދްލީ މަންސޫރު ވިދާޅުވީ، ޤާނޫނު އަސާސީގެ މަސައްކަތްތައް ނިންމާލާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިޞްރުގައި، މިނިވަން އަދި އިންސާފުވެރި ޢާންމު އިންތިޚާބަކާ، ރިޔާސީ އިންތިޚާބެއް ބާއްވަވާނެކަމަށެވެ. މިއަހަރުގެ ޖޫން ތިރީސްވަނަ ދުވަހު މިޞްރުގައި ފެށީ އިންޤިލާބެއްކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ޢަދްލީ މަންސޫރު ވިދާޅުވީ، އެދުވަހު ރައްޔިތުންގެ މުސްތަޤުބަލުކަމުގައި ދައްކާދިން މަޤުން މިޞްރު ކުރިޔަށްދާކަމަށެވެ.
 
މިދިޔަ އަހަރުގެ ޖޫންމަހު މިޞްރުގެ ރިޔާސަތަށް އިންތިޚާބު ކުރެވުނު މުޙައްމަދު މޫރްސީގެ ވެރިކަމަށް އެއް އަހަރު ފުރުމާ ދިމާކޮށް އެޤައުމުގައި ފެށި ބޮޑު މުޒާހަރާގެ ތެރޭން އަސްކަރިއްޔާއިން ހިންގި ހަރަކާތަކުން މޫރްސީގެ ވެރިކަން ވައްޓާލުމަށްފަހު، މިއަދު މިޞްރުގައި ވަނީ އެޤައުމުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ވަގުތީ ސަރުކާރެއް އެކުލަވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ