ހިދުމަތް ނުދޭ ރައްޔިތުން އަތުން ޓެކްސް ނެގުންވެސް ހުއްޓާލާ: ޝިދާތާ

ބަޖެޓަށް ވޯޓް ނުދެއްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދާއިރާތަކަށް ހިދުމަތް ނުދޭނަމަ އެ ދާއިރާތަކުގެ ރައްޔިތުން އަތުން ޓެކްސް ނެގުންވެސް ހުއްޓާލުމަށް ޢަދާތަލު ޕާޓީގެ ފޮރިންގ ރިލޭޝަން ކޮމެޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ގޮވާލައްވައިފިއެވެ.
ބަޖެޓަށް ވޯޓު ނުދޭ މެންބަރުންގެ ދާއިރާތަކުގައި މަޝްރޫއުތައް ނުހިނގާނެކަން ދޭހަވާ މޭރުމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ބަޖެޓު ކޮމިޓީގައި ވާހަކަ ދެއްކެވުމައި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން ފިނޭންސް މިނިސްޓަރަށާއި ސަރުކާރަށް އަމާދުވެފައި ވަނިކޮށް ޝިދާތާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މެމްބަރުން ވޯޓް ދެއްވާގޮތަށް ބާރު ފޯރުވުމަށް ވަޒީރުން ދައްކަވާ ހޮޅި ވާހަކަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭނެ ކަމުގައެވެ.MPs vote dheygothah nufoozuforuvumattakai vazeerun dhakkavaa holhivaahaka thahuqeeqkoh fiyavalhu alhanjeheyne. Budget ah vote nudhey MPs ge dhaairaathakah dhaulathun kharadhukurun huttaalaanama e dhaairaathakuge rayyiyhun athun tax negunves huttaalanvaane. https://t.co/nfpoQNIQ7v— Shidhatha Shareef (@shidhatha) November 19, 2017އަދި ބަޖެޓަށް ވޯޓް ނުދޭ މެމްބަރުންގެ ދާއިރާތަކަށް ދައުލަތުން ހަރަދުކުރުން ހުއްޓާލާނަމަ، އެދާއިރާތަކުގެ ރައްޔިތުން އަތުން ޓެކްސް ނެގުންވެސް ހުއްޓާލަން ވާނެކަމަށް ޝިދާތާ ވިދާޅުވިއެވެ.
މީގެ އިތުރުން ޤާނޫނު އަސާސީގައި ބުނެފައިވާ އުސޫލުތަކުގެ ބޭރުން ހުށައަޅާ ފާސްކުރާ ބަޖެޓަކީ ޤައިރު ޤާނޫނީ ނަހަލާލު ބަޖެޓެއް ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.QA gai bunaa usool thakuge beyrun hushahalhaa faaskuraa budget akee ghairu qaanoonee nahalaalu budget eh.Majlis hisorukoffa, MPs vananudheefa, kulhey kulhivaakah qaanooee haisiyyatheh nudheveyne.— Shidhatha Shareef (@shidhatha) November 19, 2017އަދި މަޖިލިސް ހިސޯރުކޮށް މެމްބަރުން މަޖިލީހަށް ވަނަނުދީ ކުޅޭ ކުޅިވަރަކަށް ޤާނޫނީ ހައިސިއްޔަތު ނުދެވޭނެކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ