ޖުމްހޫރީ ޕާޓީ އަށް ސޮއިކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމައިފިއެވެ.
"ވައިބަރ" ގައި އުމަރު އާއްމުކުރި މެސެޖެއްގައި ވިދާޅުވީ ޖޭޕީއަށް ސޮއިކުރަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީ ތައްޔާރު ކުރުމަށްޓަކާ ކަމަށެވެ.
"އަޅުގަނޑު ޖޭޕީ އަށް ސޮއިކުރުން އަންނަ ހަފްތާގައި އޮންނާނެ" ކުރިން ޕީޕީއެމްގައި ހުންނެވި އުމަރު ވިދާޅުވިއެވެ.
ޖޭޕީއަށް ސޮއިކުރަން އުމަރު ނިންމިއިރު އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އާއި އަހްމަދު އަދީބުގެ ސަޕޯޓަރުން އިސްވެ ހަރަކާތްތެރިވާ "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން" އާއި މިއަހަރުގެ ކުރީކޮޅު އޭނާ ވަނީ ބައްދަލުކޮށްފައެވެ.
އުމަރު ވިދާޅުވީ އެ ދަތުރުފުޅަކީ ޖަމީލް އާއި އޭނާގެ ޓީމާއި 2018 ގެ ރިޔާސީ އިންތިޚާބާއި ބެހޭ ގޮތުން މަޝްވަރާކުރަން ކުރި ދަތުރެއް ކަމަށެވެ. ޖަމީލް އަކީ އިދިކޮޅު އިއްތިހާދުގެ ލީޑަރެވެ.
އުމަރު އަކީ ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ޔާމީން ފިޔަވައި ވިދާޅުވެފައިވާ ހަމައެކަނި ބޭފުޅާއެވެ.
ޖޭޕީ އަށް ސޮއިކުރަން އުމަރު ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ