މެމްބަރު އަބުޅޯ ހައްޔަރުކޮށްފި

މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކުރީ ރާއްޖެ ޓީވީ އަށް އިންޓަވިއު ދެއްވަން ހުންނަވަނިކޮށެވެ.
އަބުޅޯގެ އިތުރުން ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ އަދި ކުރީގެ ފިލްމީތަރި ވަލީދާ ވަލީދާއި އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް އެ ދެ ޕާޓީން ބުންޏެވެ.
އެހެންވެ، އެ އެންމެން ވަގުތުން ދޫކޮށްލަން އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.
ރޭގެ އެއްވުމުގައި ވެސް ބައެެއް މީހުން ހައްޔަރުކުރި އެވެ. ނަމަވެސް މިރޭ އެ އެންމެން ވަނީ ދޫކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ