އައިފާ އެވޯޑްސް 2018: ބަތަލާ ރޭކާގެ ހާއްސަ ހުށައެޅުމެއް

މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އައިފާ އެވޯޑްސްގައި ލެޖެންޑް އެކްޓްރަސް ރޭކާގެ ހާއްސަ އައިޓަމެއް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ރޭކާގެ ލައިވް ހުށައެޅުމެއް ސްޓޭޖް މަތިން ފެނިގެން މިދަނީ 20 އަހަރު ފަހުންނެވެ. ވިހި އަހަރު ފަހުން ރޭކާ ސްޓޭޖް މައްޗަށް އަލުން އެނބުރި އަންނާނެ ކަން ޔަގީންވެފައިވާއިރު ގިނަ ތަރިން ތަކެއް ރޭކާ އަށް އަންނަނީ ހޫނު މަރުހަބާ ކިޔަމުންނެވެ. ގިނަ ތަރިންތަކެއް ވެސް ރޭކާގެ ހުށައެޅުމަށް އިންތިޒާރުކުރަމުން އަންނައިރު ބޮލީވުޑްގެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަން ބުނީ "ރޭކާ ލައިވްކޮށް ހުށައަޅާ މަންޒަރު ބެލުމަށް ކެތްމަދުވެފައި މިހުރީ. ވަރަށް އެކްސައިޓިން. މިއީ ބޮޑު ކުރިއެރުމެއް،" ކަމަށެވެ. އުމުރުން 63 އަހަރުގެ ރޭކާ އަދި ވެސް ފެންނަނީ ޒުވާންކޮށެވެ. ގިނަ އަދަދެއްގެ ފިލްމުތަކާ ލަވަތަކެއް ކުޅެދީފައިވާ ރޭކާ ވަނީ ގިނަ ބައެއްގެ ލޯބި ހޯދައިފަ އެވެ. ގިނަ ތަރިންތަކެއްގެ ޕާފޯމްތަކެއް އެވޯޑް ހަފްލާގައި ފެނިގެންދާނެ އެވެ. ކުރިން ބަތަލާ ވާނީ ކަޕޫރުގެ ވެސް ހުށައެޅުމަކަށް ތައްޔާރުވި ނަމަވެސް އޭނާ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އައިފާ އެވޯޑުގައި ޕާފޯމް ނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. މި ފަހަރުގެ އައިފާ އެވޯޑްސް އޮންނާނީ ތައިލޭންޑްގެ ވެރިރަށް ބެންކޮކްގަ އެވެ. މި މަހުގެ 22 އިން 24ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ހަފްލާގައި ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުން ފެނިގެންދާނެ އެވެ. އަހަރަކު އެއް ފަހަރު ބާއްވާ އެ ހަފްލާގައި މިއަހަރުގެ ޝޯ ހޯސްޓް ކުރާނީ ކާތިކް އާރްޔަން އަދި އާޔޫޝްމަން ކުރާނާ އެވެ. ފާހަގަކޮށްލެވޭ އެވޯޑުގެ ނޮމިނޭޝަންތައް: އެންމެ މޮޅު އެކްޓަރު (ފިރިހެން): ރަންބީރު ކަޕޫރު: ޖައްގާ ޖާސޫސް އާދިލް ހުސައިން: މުކްތީ ބާވަން އަކްޝޭ ކުމާރު: ޓޮއިލެޓް އޭކް ޕްރޭމް ކަތާ އިރްފާން ޚާން: ހިންދީ މީޑިއަމް ރާޖްކުމާރު ރާއޯ: ނިއުޓަން އެންމެ މޮޅު އެކްޓަރު (އަންހެން): ޒައިރާ ވަސީމް: ސީކްރެޓް ސުޕަސްޓާ އާލިއާ ބަޓް: ބަދްރީނާތް ކީ ދުލްހަނިޔާ ސްރީދޭވީ: މޮމް ވިދްޔާ ބާލަން: ތުމްހާރީ ސުލޫ ބޫމީ ޕެދްނޭކަރު: ޝޫބް މަންގަލް ސާވްދާން އެންމެ މޮޅު ޑައިރެކްޓަރު: ސުރޭޝް ތްރިވެނީ: ތުމްހާރީ ސުލޫ ސަކެތް ޗައުދަރީ: ހިންދީ މީޑިއަމް އަނޫރާގް ބާސޫ: ޖައްގާ ޖާސޫސް އަޝްވިނީ އައްޔަރް ތިވާރީ: ބަރްލީ ކީ ބަރްފީ އަމިތް ވީ މަސުރްކަރް: ނިއުޓަން އެންމެ މޮޅު ސަޕޯޓިން އެކްޓަރު ( ފިރިހެން) ރާޖްކުމާރު ރާއޯ: ބަރްލީ ކީ ބަރްފީ ދީޕަކް ދޯބްރިޔަލް: ހިންދީ މީޑިއަމް ނަވާޒުއްދީން ސިއްދީގް: މޮމް ޕަންކަޖް ތްރިޕަތީ: ނިއުޓަން ވިޖޭ މައުރްޔާ: ތުމްހާރީ ސުލޫ އެންމެ މޮޅު ސަޕޯޓިން އެކްޓަރު ( އަންހެން) ސީމާ ޕާވާ: ބަރްލީ ކީ ބަރްފީ އަދި ޝޫބް މަންގަލް ސާވްދާން ތާބޫ: ގޯލްމާލް އަގެއިން މެހެރް ވިޖް: ސީކްރެޓް ސުޕަސްޓާ ނެހާ ދޫޕިއާ: ތުމްހާރީ ސުލޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ