އުމަރު އަވަހާރަވުމުން ދިވެހި ދިދަ 3 ދުވަސް ވަންދެން ބައިދަނޑިއަށް

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މާފަންނު މެރީގޯލްޑް އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމަވާފައިވާކަމަށެވެ.
އުމަރު ޒާހރިު އަވަހާރަވީ ކޮވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ. އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ޕާޓީތަކާއި ޕާޓީތަކުގެ ލީޑަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ގެންދަނީ ހެޔޮ އެދުމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ