ކޮވިޑްގެ އާލާސްކަންފުޅުގައި އުމަރު ޒާހިރު އަވަހާރަވެއްޖެ

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރު އަވަހާރަވެއްޖެ އެވެ.
އެމަނިކުފާނު އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ކޮވިޑްގެ އާލާސްކަންފުޅާ ގުޅިގެން ހާލުކޮޅު ވަރަށް ސީރިއަސްވެ އެތައް ފަހަރަކު އެކަމަނިކުފާނަށް ފަރުވާދޭން ޖެހުނެވެ.
މައުލޫމާތު ލިބޭގޮތުގައި އުމަރު ޒާހިރު އަވަހާރަވީ ހާލުކޮޅު ސީރިއަސް ވެގެން އިއްޔެ ހަވީރު 3:30 ހާއިރުން ފެށިގެން އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 85 އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ