މިއަހަރު ސްކޫލް ނިންމި ދަރިވަރުންނަށް ވެކްސިންދޭނީ އެކުދިން ކިޔެވި ސްކޫލުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްއީއޯސީގެ ފަރާތުން ކުރިއަށް ގެންދާ “ހާލު ބެލުން” ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިއަހަރު ސުކޫލު ނިމުނު ދަރިވަރުންނަށް ވެކްސިންދޭނީ އެކުދިން ކިޔެވި ސްކޫލުން ކަމަށެވެ.
އަދި މި ޕްރޮގްރާމް ފަށާނީ އަންނަ އާދިއްތަ ދުވަހު ކަމަށާއި އެދުވަހު ވެކްސިން ޖަހާނީ މާލެއާއި ބައެއް ރަށްރަށުގައި ކަމަށާ އެހެން ނަމަވެސް އަންނަ ހަފްތާ ތެރޭ ހުރިހާ ރަށަކަށް ވެސް ވެކްސިން ފޯރުކޮށްދެވޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
“ރަށްރަށުގަ ސްކޫލްތަކުން ކުދިންނަށް އެންގީމަ އެރަށެއްގެ ހެލްތު ސެންޓަރު ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހޭނެ.” 12 އަހަރާ 17 އަހަރާ ދެމެދުގެ އުމުރުފުރާގެ ދަރިވަރުންގެ ތެރެއިން ސްކޫލް ނިންމި ދަރިވަރުންނަށް ވެކްސިން ދޭނެ ގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވިއެވެ.
12 އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިނެވެ.
ސަރުކާރުގެ އަމާޒަކީ މި އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ސްކޫލް ނިންމި ދަރިވަރުންނަށް ވެކްސިން ދޭނީ ކިޔެވި ސްކޫލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ