ގައުމުގެ މިހާރުގެ ސަރުކާރުން ވަނީ ދިވެހި ރާއްޖެ ބޮޑު އަނދަވަޅަކަށް ވައްޓާލާފައި ކަމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ސްކައިޕް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގައި އިންސާފު ލިބެން ނެތް ކަމަށެވެ. އަދި އެކަމާ ހުރިހާ ދިވެހީންވެސް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގައުމުގެ ހާލަތު ގޯސްވެ އެވަރަށް ވައްޓާލުމުގެ ފުރުސަތު ސަރުކާރަށް ދީގެން ނުވާނެ ކަމަށެވެ.
އެކަންތައް ބަދަލުކުރުމަށް މިއަހަރުގެ ރިޔާސީ އިންތިހާބަކީ ކޮންމެހެންވެސް ރައްޔިތުން ބަލަން ޖެހޭ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އިންތިހާބުގެ ކުރިން މިހާރު ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ރީ ރަޖިސްޓްރޭޝަން ގެ މައްސަކަތް ކަމަށާއި އެކަމަށް ސަމާލުކަމެއް ދިނުމަށް ގާސިމް އިލްތިމާސް ކުރެއްވިއެވެ.
އިންތިހާބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މިއަހަރުގެ އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅު ފަރާތުން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އިންތިހާބު 80 ޕަސެންޓަށްވުރެ މަތީން ކާމިޔާބު ކުރާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މުޅި ގައުމު ވަނީ ބޮޑު އަނދަވަޅަކަށް ވައްޓާލާފައި - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ