ވިލިމާލެއިން ކަރަންޓު ކެނޑި ދެލިފްޓެއްތެރޭ ބަޔަކު ތާށިވެއްޖެ

ވިލިމާލެއިން ކަރަންޓް ކެނޑުމާއި ގުޅިގެން ދެ ލިފްޓެއްގައި ތާށިވި ބަޔަކު އެމްއެންޑީއެފްއިން ސަލާމަތްކޮށްދީފި އެވެ.
އެމްއެންޑީއެފްއިން ބުނީ ރޭ 9 ޖަހާކަންހާއިރު ހިނގި މިހާދިސާގައި ތާށިވީ، ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓާއި، އެދުރުވެހީގެ ފުލެޓްގައި ހުންނަ ދެ ލިފްޓްގެ ތެރޭގައި ކަމަށާއި މިގޮތުން އެދުރުވެހީގެ ލިފްޓް ތެރޭގައި ތިން މީހަކު އަދި ސިނަމާލެ ލިފްޓް ތެރޭގައިވެސް ތިން މީހަކު ތާށިވި ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.
މި ދެލިފްޓް ގައި ތާށިވި މީހުން ސަލާމަތްކުރެވިފައިވާއިރު، އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.
ވިލިމާލެއިން ވާހަކަދެއްކި މީހަކު ބުނީ ރޭ 7:35 ހާއިރު ކެނޑުނު ކަރަންޓު ލިބުނީ ރޭގަނޑު 8 ޖަހާކަންހާއިރު ކަމަށާއި އޭގެ އިރުކޮޅެއްފަހުން އަނެއްކާވެސް ކަރަންޓު ކަނޑައިގެން ގޮސް 20 ވަރަކަށް މިނެޓް ތެރޭގައި ކަރަންޓު ލިބުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ