ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ކައުންސިލް މެންބަރުންނާ ބައްދަލު ކުރައްވައިފި. މައުމޫނާއި ގާސިމް ވެސް ވިދާޅުވީ މިއަދުގެ ބައްދަލުވުމުން ކަމެއް ނުނިންމާ ކަމަށާއި ވާހަކަ ދެކެވުނީ ހަގީގީ ޑިމޮކްރަސީއެއް ގާއިމުކުރުމާ ބެހޭ ގޮތުން ކަމަށް
13:26
30 އޮކްޓޯބަރ
ޖުމްހޫރީ ޕާޓީގެ ވެރިންނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގެ ބޭފުޅުން ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިއަދު ބައްދަލު ކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
13:11
30 އޮކްޓޯބަރ
ގާސިމް ވެސް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ވަކި ކަމެއް ނިންމާފައި ނުވާ ކަމަށް. ސަރުކާރަށް ކުރާ ތާއީދު މައުމޫން އަނބުރާ ގެންދެވުމާ ބެހޭ ގޮތުން ދެެއްކެވި ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް. ރައީސް މައުމޫން ވެސް އަދި އެހެން ފަރާތަކުން ވެސް ހުށަހަޅާ ރަނގަޅު ކަންތައްތަކަށް ބަލައިގަންނާނަން. މައުމޫންގެ ފަރާތްޕުޅުން ވަރަށް ހަރުދަނާ ހުށަހެޅުންތަކެއް ލިބިފައިވޭ.
13:09
30 އޮކްޓޯބަރ
ރައީސް މައުމޫނަކީ އަދިވެސް ޕީޕިއެމްގެ ރައީސް ކަމަށް ގަބޫލުކުރަން. ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އަމަލުކޮށްގެން ނުވާނެ. ޕާޓީތަކުގެ އަސާސީ ގަވައިދަށް އަމަލުކުރުމަކީ ގާނޫނުތަކުގެ ދަށުން މުއައްސަސާތަކަށް ވެސް ލާޒިމުކުރާ ކަމެއް.
13:07
30 އޮކްޓޯބަރ
މިހާރު ވާހަކަ ދައްކަވަނީ ގާސިމް އިބްރާހިމް
13:06
30 އޮކްޓޯބަރ
މައުމޫން: މިނިވަން މުއައްސަސާތަކަށް ބާރެއް ނެތް. ވަކި ފަރާތަކުން އަންގާ ގޮތަކަށް ހުރިހާ ތަނެއް ހިނގަނީ. ޕީޕީއެމްގެ ރައީސްގެ ބާރުތައް ވެސް އަތުލައިގަތީ ބާރުގެ ބޭނުންކޮށްގެން. ރާއްޖޭގައި އޮންނަން ޖެހޭނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް. މިހާރުގެ ސަރުކާރަށް ތާއީދު ނުކުރަން ނިންމީ އެހެންވެ. ޖޭޕީއާ އެކު ވެސް ދެކެވުނީ އެ ވާހަކަ. މިއަދު މާބޮޑު ކަމެއް ނުއެއް ނިންމަން. ކުރިއަށް އޮތް ތަނުގައި ވެސް ގުޅިގެން މަސައްކަތް ކުރުމުގައި އަމަލުކުރާނެ ގޮތެއް. މި ފެށުނީ މުހިންމު ކަމެއް.
13:03
30 އޮކްޓޯބަރ
ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބުވީ ހަމައެކަނި ޕީޕީއެމްގެ މަސައްކަތަކުން ނޫން. އެންމެން ގުޅިގެން ކުރި މަސައްކަތުން. ރައްޔިތުން ހޮވީ ޕީޕީއެމްގެ ސަރުކާރެއް. ކުރިން ވެސް ބުނިހެން ސަރުކާރު ހޮވި މަގުސަތުތައް ހާސިލްވަމުންނެއް ނުދޭ. މިއަދު ޖޭޕީއާ އެކު ވާހަކަ ދެއްކީ ބާރުތައް ވަކިކުރެވިފައިވާ ސަރުކާރެއް ގާއިމުކޮށް، ހަގީގީ ޑިމޮކްރަސީ ގާއިމުކުރެވޭނީ ކިހިނެއްތޯ.
13:00
30 އޮކްޓޯބަރ
މައުމޫން މީޑިއާއާ ވާހަކަ ދައްކަވަނީ: މިއީ ޕީޕީއެމްގެ ކައުންސިލުން ނިންމައިގެން ބޭއްވި ބައްދަލުވުމެއް. ޕާޓީތަކާ ބައްދަލުކުރަން ވާނީ ކުރިން ސިޓީ ފޮނުވާފައި
11:51
30 އޮކްޓޯބަރ
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖުމްހޫރީ ޕާޓީގެ އޮފީހަށް ވަޑައިގަތުމުން ގާސިމް އިބްރާހިމް ސަލާން ކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
11:45
30 އޮކްޓޯބަރ
ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކައުންސިލް މެންބަރު އަބްދުﷲ ކަމާލުއްދީން، ނައިބު ލީޑަރު ޑރ. ހުސެން ރަޝީދު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ބައިވެރިވެ ވަޑައިގަންނަވާ. މައޫމޫނާ އެކު ދަރިކަނބަލުން ދުންޔާ އާއި އާއި ޕީޕީއެމްގެ ނައިބު ލީޑަރަކަށް މައުމޫން އައްޔަން ކުރެއްވި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާދި އައިމިނަތު ނާދިރާ ބައިވެރިވެ ވަޑައިގަންނަވާ
11:28
30 އޮކްޓޯބަރ
ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން ކުރިން ވިދާޅުވެފައި ވަނީ ގައުމަށް ފައިދާ ހުރި ކަމެއްގައި ނަމަ ސިޔާސީ ގޮތުން ކޮންމެ ބޭފުޅަކަށް ވެސް އެއްބާރުލުން ދޭނެ ކަމަށް. މިއަދުގެ ބައްދަލުވުމުގެ ބޭނުމަކީ ކޮބައިކަމެއް އަދި ނޭނގެ.
11:25
30 އޮކްޓޯބަރ
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރެއްވުމަށް ވަޑައިގެންނެވުމުގެ ކުރިން ކުރީގެ ހޯމް މިނިސްޓަރު ހޯމް މިިނިސްޓަރު އުމަރު ނަސީރު ގާސިމާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
11:23
30 އޮކްޓޯބަރ
މީގެ އިރުކޮޅެއް ކުރިން މައުމޫން ވަނީ ޖުމްހޫރީ ޕާޓީގެ އޮފީހަށް ވަޑައިގެންފައި. މައުމޫން ވަޑައިގެންނެވި އިރު ގާސިމާއި ޖޭޕީގެ އިސް ބައެއް ބޭފުޅުން ވަޑައިގެން ތިއްބެވި. އަދި ޕީޕީއެމްގެ ނައިބު ލީޑަރު ކަމަށް މައުމޫން ފެކްޝަނުން އައްޔަންކުރި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ހުންނެވި.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ މިއަދު ބައްދަލުކުރައްވަން ހަމަޖެހިފައިވާކަން އެނގިއްޖެ އެވެ.
މިއަދު 11:00 ގައި ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބާއްވާ މި ބައްދަލުކުރެއްވުމަކީ މައުމޫންގެ އެދިވަޑައިގަތުމަކަށް ބާއްވާ ބައްދަލުކުރެއްވުމެއް ކަމަށް ވަނީ އެނގިފަ އެވެ.
ކުރީގެ ރައީސް މައުމޫން ގާސިމްއާ މި ބައްދަލުކުރައްވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް މިހާރު ތާއީދު ނުކުރައްވާކަން އިއުލާނުކުރެއްވުމަށް ފަހުގަ އެވެ. ވެރިކަންކުރާ ޕާޓީ ތެރޭ ރައީސް ޔާމީނަށް ތާއީދުކުރާ ފެކްޝަނަކާއި ރައީސް މައުމޫނަށް ތާއީދުކުރާ ފެކްޝަނެއް އުފެދި ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި ވަނީ ހަމަނުޖެހުން ވެސް ހިނގައިފަ އެވެ. ކޯޓުގެ ހުކުމަށް ފަހު ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށްފައި ވާއިރު ޕާޓީގެ އޮފީސް ވެސް މިހާރު ވަނީ ރައީސް ޔާމީންގެ ފެކްޝަންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.
(ތަފްސީލް އަންނަނީ)
ޖޭޕީއާ ވާހަކަ ދެއްކީ ޑިމޮކްރަސީ އިޔާދަކުރަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ