އެޓާރނީ ޖެނެރަލްގެ ފަރާތްޕުޅުން ހުށައެޅުއްވި ދުސްތޫރީ މައްސަލައެއްގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ތާވަލްކޮށްފި އެވެ.
ދައުވާ ލިބޭ ފަރާތެއް ނެތި، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި އެޓާރނީ ޖެނެރަލްގެ އޮފީހުން ހުށައެޅީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެއެވެ. މީގެ ކުރިން ވެސް އެކްސްޕާޓޭ މައްސަލަތަކުގެ ގޮތުގައި ދުސްތޫރީ ބޮޑެތި މައްސަލަތައް ދައުލަތުން ހުށައަޅައިގެން ސުޕްރީމް ކޯޓުން ބަލާފައިވެ އެވެ.
ދުސްތޫރީ މައްސަލަތަކަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އެއިން ބައެއް ގާނޫނު އަސާސީއާ ޚިލާފް ކަމަށް ބުނެ ހުށައަޅާ މައްސަލަތަކެވެ. އެ ބާވަތުގެ މައްސަލަތައް ބެލޭނީ ހައި ކޯޓާއި ސުޕްރީމް ކޯޓަށް އެކަންޏެވެ.
މިއަދު މެންދުރު އޮންނަ އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރާ އެކު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ފުލް ބެންޗުންނެވެ.
ދުސްތޫރީ މައްސަލައެއްގައި ޝަރީޢަތް ސުޕްރީމް ކޯޓުގައި މިއަދު ތާވަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ