ހޯމް މިނިސްޓަރުގެ މަގާމުން އުމަރު ނަސީރު އިސްތިއުފާދެއްވުމާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަހުލޫފު މަރުޙަބާ ދަންނަވައިފިއެވެ.
ކުއްލި ގޮތަކަށް މިރޭ އުމަރު އިސްތިއުފާ ދެއްވުމާއި ގުޅިގެން މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއީ ރަނގަޅު ނިންމުމެއްކަމަށާއި އެކަމަށް މަރުޙަބާ ކިޔާ ކަމަށެވެ.
ހޯމް މިނިސްޓަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވިކަން އުމަރުވެސް ހާމަކުރައްވާފައިވަނީ ޓްވިޓަރ މެދުވެރިކުރައްވައެވެ. އޭނާގެ އިސްތިއުފާ މިހާރު ރައީސުލްޖުމްހޫރިއްޔާވެސްވަނީ ގަބޫލުފުޅުކުރައްވާފައެވެ.
އެހެންނަމަވެސް މީގެކުރިން އުމަރު ވިދާޅުވެފައިވަނީ ސަރުކާރުން ވަކިވިކަމުގައިވިޔަސް އިދިކޮޅު ފަރާތްތަކާއިއެކު މަސައްކަތް ނުކުރާނޭކަމަށެވެ. އުމަރު އިސްތިއުފާ ދެއްވުމާއި ގުޅިގެން އިދިކޮޅު އިއްތިހާދުންވެސްވަނީ މަރުޙަބާ ދަންނަވާފައެވެ.
ހޯމް މިނިސްޓަރުކަމުން އުމަރު އިސްތިއުފާ ދެއްވުމުން މެންބަރު މަހުލޫފު މަރުހަބާ ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ