ދުވަހު ނޫސް ހަވީރުގެ މައްސަލައިގައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ދުވަހުނޫސް ހަވީރާއި ޗާޕްޙާނާގެ ހިއްސާ ހޯދުމަށް ހައިކޯޓުގައި ކުރިއަށްގެންދިޔަ މައްސަލައިގެ އިސްތިއުނާފު ބަލައި ނުގަތުމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ބުނެފައިވަނީ 2015 ނޮވެމްބަރު ހަރަތުވަނަ ދުވަހު ޑރ ޒާހިރު ހުސައިން ހުށައަޅުއްވާފައިވާ މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައި ގަނެވެން ނެތް ކަމަށެވެ.
ހައިކޯޓުން ނިންމާފައިވާ މައްސަލައަކީ ސައްހަ ނިންމުމެއް ކަމަށާއި މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ނިންމެން ނެތްކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި މައްސަލައަކީ އިސްތިއުނާފުގެ މަރުހަލާގައި ހައިކޯޓުން ބަލައި ނިމިފައިވާ މައްސަލައެއް ކަމަށާއި، މި މައްސަލަ ސުޕްރީމްކޯޓުގެ އިލްތިމާސަށް ހުށައެޅި ސަބަބަށް ބަލާއިރު ހައިކޯޓުގެ ހުކުމް ސައްހަނޫން ކަމަށް ބަލާނެ އެއްވެސް ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ގަޒިއްޔާ އަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ އަދި ޝަރުއީ އެއްވެސް ސަބަބެއް ނެތުމުން މި މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް މި ނިންމުމުގައި ވަނީ ބުނެފައެވެ.
ހަވީރު ނޫހުގެ މައްސަލައިގައި ހައިކޯޓުން ހުކުމްކޮށްފައިވަނީ ރަނގަޅަށް - ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ