ހާރިޖީ ދާއިރާގެ ވައުދުތައް ފުއްދުމުގައި ރަނުން ރަނަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭ އޮތީ ބައިނަލްއަޤްވާމީ ދުނިޔޭގައި ވަރަށް ބޮޑަށް ބީރައްޓެހިވެ އެކަހެރިވެފައެވެ. ރާއްޖެ އިނގިރޭސިންގެ އަތްދަށުން މިނިވަންވި ފަހުން މިރާއްޖެ ދުށް އެކި ވެރިކަންތަކުގައި ރާއްޖެ އާއި ބައިނަލްއަޤްވާމީ ދުނިޔެ ގުޅުވުމަށް ރައީސުންކުރެއްވި މަސައްކަތްތައް އޮތީ ނުކުރާކަމަކަށްވެފައެވެ.
Advertisement
އެންމެ ދެ ގައުމެއްގެ ތައްޕާހުގައި އުޅެ އެހެން ގައުމުތަކާއި ގުޅުންކުޑަވެ ބައިނަލްއަޤްވާމީ މުޖުތަމައުގައި މި ރާއްޖެ އޮތީ ނުހަނު ބިކަވެފައެވެ. އެ ދެގައުމުން ރާއްޖޭގެ އޭރުގެ ސަރުކާރަށް ފައިސާ ނުދޭ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ވިސްނާނުލެވުނުކަމަކީ މި ރާއްޖޭގެ ދިވެހިން އެ ނޫސް ދުނިޔޭގެ އެހެން ގައުމުތަކަށްވެސް އެކި ބޭނުންތަކުގައި ދަތުރު ކޮށްހެދިކަމެވެ.ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގަތީ ރާއްޖޭގެ ހާރިޖީ މައްސަލަތައް ހައްލުކޮށްދެއްވާނޭ ކަމުގެ ފުރިހަމަ ވައިދާއި އެކުގައެވެ. އެހީތެރިވުމަށް ނެންގެވީ ހާރިޖީ ދާއިރާއަށް ކުޅަދާނަ ތަޖުރިބާކާރެއްކަމަށްވާ އަބްދުﷲ ޝާހިދެވެ.ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި އިރު ޚާރިޖީ ދާއިރާ އާ ގުޅޭގޮތުން ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ރާއްޖެ އަލުން އަނބުރާ ކޮމަންވެލްތާއި ގުޅުމެވެ. ވެރިކަމަށް އަހަރެއް ވި އިރު، ރައީސް ސޯލިހް ވަނީ އެ ވައުދު ފުއްދަވާ ދެއްވާފައެވެ. ޚާރިޖީ ކަންކަމުގައި ރައީސް ސޯލިހް އެންމެ ބޮޑު އަހައްމިޔަތުކަމެއް ދެއްވީ އިންސާނީ ހައްގުތަކަށެވެ. އިންސާނީ ހައްގުތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ހާރިޖީ ސިޔާސަތުގެ މައިގަނޑު ތިން ތަނބުގެ ތެރެއިން އެއް ތަނބެވެ. ރައިސް ސޯލިހްގެ މި ސިޔާސަތާއި އެއްގޮތަށް ވަޒީރު އަންނަނީ އެތެރޭންނާއި ބޭރުންވެސް މަސައްކަތް ކުރައްވަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އދގެ ސްޕެޝަލް ރެޕަޓުއަ އިން ރާއްޖެއަށް އައުން މަނާކޮށްފައި އޮތްއޮތުން މި ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ. އަދި މިސަރުކާރުން ވަނީ އދއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ރާއްޖޭގެ ހާލަތު ބެލުމަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ހުޅުވާލެވިފައިވާ ދައުވަތެއް ދެއްވާފައެވެ.ރައީސް ޔާމީންގެ ވެރިކަމުގައި އދގެ އެކި ގުނަވަންތަކުން ބަލަމުންދިޔަ ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލުވާލި އެތައް މައްސަލައެއްގައި ޖަވާބުދާރީ ނުވެ އޮއްވައި، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ އެމައްސަލަތަކުގައި އދއަށް ޖަވާބުދާރީވުމުގެ މަސައްކަތް ފަށާފައެވެ. މީގެ އިތުރުން ރާއްޖޭގައި އިންސާނީ ހައްގުތަކަށް ފުރިހަމައަށް އަމަލުކުރަމުންދާ ކަން ކަށަވަރު ކުރުމަށް، އދގެ އެކިއެކި މުއާހަދާތަކަށް އަމަލުކުރުމުގައި ރާއްޖެއިން ކޮށްފައިވާ އެކިއެކި އިއުތިރާޒްތައް، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާއި ހިލާފުނުވާނެ ގޮތުގެ މަތިން ނަގައި، ބައިނަލްއަގުވާމީ މުޖްތަމައުން ގަބޫލުކުރާ މިންގަނޑަށް ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ފަށާފައިވަނީ ރައީސް ސޯލިހްގެ ސަރުކާރުންނެވެ. މީގެ އިތުރުން އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވަން އިންސާނީ ހައްގުތަކާއި ބެހޭ އދގެ އެންމެ އިސްވެރިޔާގެ އޮފީހުން ރާއްޖެއަށް މުޝީރަކު އައްޔަންކުރުމާއި މެދު މަޝްވަރާކުރެވި، އެމަސައްކަތްވެސް ދަނީ ކުރިއަށެވެ. އަދި އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލަށް ރާއްޖެއިން އަނެއްކާވެސް ވާދަކުރާނެކަން ދިވެހި ސަރުކާރުން މިވަނީ ހާމަކުރައްވާފައެވެ. ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުވަމުންދާއިރު، ބައިނަލްއަގްވާމީ ދުނިޔޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ވަނީ އިތުރު މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ބަރުމާގެ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރު ސިފައިން  ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އިސްލާމީ ގައުމުތަކުގެ ފަރާތުން ދަ ގެމްބިއާއިން ބައިނަލްއަގްވާމީ ކޯޓަށް ހުށަހެޅި މައްސަލައަށް ތަދައްޚުލުވުމަށް ރާއްޖެއިން، ދިވެހި ސަރުކާރުން މިހާރު މިވަނީ ނިންމާފައެވެ. މިއީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި އަދި ބައިނަލްއަގްވާމީ މުޖުތަމައުގައި މުސްލިމުންގެ ދިފާއުގައި ދިވެހި ސަރުކާރުން ނިންމި ގަޓުހުރި ނިންމުމަކަށް ނޫނީ ނުވާނެ އެވެ. ރާއްޖެއަކީ އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ނަމޫނާއެއްކަމަށް އދގެ އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އޮންޓޯނިއޯ ގުޓިރޭޒް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އދގެ އިންސާނީ ހައްގުތަކާއި ބެހޭ އެންމެ އިސްވެރިޔާ މިޝޭލް ބެޝެލޭވެސް މިފަދައިން ވިދާޅުވެފައިވެއެވެ.މިކަމުން ދޭހަވަނީ ހަމަ އެންމެ ކަމެކެވެ. ރައީސް ސޯލިހްގެ ސިޔާސަތުތައް، ވައުދުތައް އެމަނިކުފާނު ރަނުން ރަނަށް ފުއްދަވަމުން ގެންދަވާކަމެވެ. އަދި ވައުދުތައް ފުއްދެވުމަށް އެހީތެރިވުމުގައި ޚާރިޖީ ވަޒީރާއި ޚާރިޖިއްޔާއަކީ ނަމޫނާއެއްކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ