ރައްޔިތުންގެ މަޖްލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނެކަމަށް 100 ފަހަރު ލިޔުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިޤަށް ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.މިހާރު ކުރިއަށްދާ މަޖްލީހުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ދަނީ އިހުތިޖާޖު ކުރައްވަމުންނެވެ. އެގޮތުން އިހުތިޖާޖު ކުރެއްވުމުގެ ގޮތުން މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިޤް ވަނީ ކަށިގަނޑު ފުމެއްލެއްވާފައެވެ. އެކަމާއި ވަރަށް ބޮޑަށް ނުރުހުންވެ މަޖްލީސް ރައީސް ވަނީ އެގޮތަކަށް އެކަން ނުކުރެއްވުމަށް އަންގަވާފައެވެ. "އަޅުގަނޑު މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު 100 ފަހަރު ދެން ތިމަންނަ މަޖްލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނަން، އެގޮތަށް މި ދެންނެވި ޖުމްލަ 100 ފަހަރު ލިޔުމަށް މަހިބަދޫ ދާއިރާގެ މެމްބަރަށް ދަންނަވަން" ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު މި ގޮތަށް ދެންނެވި ނަމަވެސް، މެމްބަރުންނަށް އެގޮތަށް ވަކި ކަމެއް ކުރަން އެންގުމުގެ ބާރެއް ރައްޔިތުންގެ މަޖްލީހުގެ ރައީސަށް ލިބިގެންނުވެއެވެ. ރައީސް ނަޝީދު މަޖްލީހުގެ ޤަވާއިދުގެ ބޭރުން މިގޮތަށް އަމިއްލަފުޅު އުސޫލުތަށް ގެންގުޅުއްވާކަން ވަރަށް ގިިނަ މެމެބަރުންވެސް ފާހަގަކުރައްވައެވެ.
މިލިޔުން ކިޔާލުމުން
30 %
އުފާވި
3 %
ދެރަވި
65 %
ރުޅިއައި
3 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ާއަހުމަދު
17 ' 18 ވަނަ މަޖުލިހުގަވެސް މިކަނކުރި
REPLY
ހުދުހުދު
މޮޔަ މީނަ އަށް ހީވަނީ މަޖިލީހަކީ ކިޔަވައިދޭ ތަނެއްހެންތަ؟ އަދަބު ދޭން
REPLY
ޢަހްމަދު މީހާ
ސަތޭކަ ފަހަރު މަދު. އަދި އިތުރު ކުރަންވީ.
REPLY
ޓަވިޔަނި
ތަ ހީކޮޅޮއު ދާއަބަދު ތަޓެ ސަޖިދަ ޖަހައިގެން ކަަމަޓެޔައު މީހިނި ތިބެނެ ޖެހެންނާ ، ނުތިބެންނާރަސޫލާއަށް ފެރައްސާރަކެރާ ތަން ބަލަން
REPLY
މަޖްލީހުގައި ކަށިގަނޑު ނުފުމޭނެކަމަށް 100 ފަހަރު ލިޔުމަށް މެމްބަރު ތޯރިޤަށް ނަޝީދު އަންގަވައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ