ތެލުގެ އަގަށް އައި ބަދަލާއެކު ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮ ކުރަން ސްޓެލްކޯ އިން ނިންމައިފިއެވެ.
އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ހެޔޮ ކުރަން ނިންމުމުން ސްޓެލްކޯ އަށް ޑީސެލް ގަންނަން ލިބޭ އަގު މިއަދުން ފެށިގެން 9.18 ރުފިޔާ އަށް ކުޑަވެގެންދާނެއެވެ. މިއީ މިހާރު ޑީސެލް ގަންނަން ލިބޭ ވަރަށްވުރެ ލީޓަރަކުން 10 ލާރީގެ އަގު ހެޔޮކަމެކެވެ.
މި ބަދަލާއެކު މިހާރު ނަގަމުން އަންނަ ފިއުލް ސާޗާޖުން 3 ލާރި އަގު ހެޔޮވެގެން ދާނެއެވެ. މިއަދުން ފެށިގެން ކަރަންޓަށް ފިއުލް ސާޗާޖެއްގެ ގޮތުގައި ސްޓެލްކޯ އިން ނަގަމުންދާ ވަރަށް ވުރެ ކޮންމެ ޔުނިޓަކުން %8 ކުޑަވެގެން ދާނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެސްޓީއޯ އިން ވަނީ ޑީސެލް އާއި ޕެޓްރޯލްގެ އަގަށް ބަދަލު ގެންނަން ނިންމިކަން އިއުލާން ކޮށްފައެވެ. އެއީ ޑީސެލް ލީޓަރަކުން 10 ލާރި އާއި ޕެޓްރޯލް ލީޓަރަކުން 20 ލާރިއެވެ. މި ބަދަލާއެކު ރާއްޖެ ވެގެންދާނީ މި ސަރަހައްދުގައި ކާޑު އަދި ތެޔޮ އެންމެ އަގުހެޔޮ ގައުމަކަށެވެ.
ސްޓެލްކޯއިން ތެލުގެ އަގަށް އައި ބަދަލާއެކު ކަރަންޓުގެ އަގު ހެޔޮކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ