ކަރަންޓު ކެނޑުނީ ޖަނަރޭޓަރު ފެއިލްވެގެން، މިހާރު ހައްލުކުރެވިއްޖެ: ސްޓެލްކޯ

މިއަދާއި މިރޭ މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ދިޔައީ، ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރެއް ފެއިލްވުމާ ގުޅިގެން ކަމަށާއި ނަމަވެސް ދިމާވި މައްސަލަ މިހާރު މުޅިން ހައްލުކުރެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.މިއަދު ހެނދުނު 11:00 ހާއިރު މާލޭގެ ވަރަށް ބޮޑު ބަޔަކުން، ގާތްގަނޑަކަށް 45 މިނިޓަށް ކަރަންޓު ދިޔަ އެވެ. އަދި ޖަަމާލުއްދީން ސްކޫލް ހުންނަ ސަަރަހައްދުން މިރޭ 9:00 ހާއިރު ވެސް ވަނީ ފަސްވަރަކަށް މިނިޓަަށް ކަރަންޓު ގޮސްފަ އެވެ. ސްޓެލްކޯގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ ނާޒިރު މިރޭ "ހަވީރަ"ށް ވިދާޅުވި ގޮތުގައި، އެ ދެ ފަހަރު ވެސް ކަރަންޓު ދިޔައީ ނުވަ ނަމްބަރު ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އެއީ "މާ ބޮޑު މައްސަލައެއް ނޫން" ކަމަށް ވިދާޅުވެ، އޭނާ ވަނީ އެކަން މިހާރު މުޅިން ހައްލުކުރެވިފައިވާ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ."އޯވަލޯޑުވުން ކަހަލަ ކަމެއް ނުވޭ. ކަރަންޓު ކެނޑެންޖެހޭ ފަދަ ސަބަބެއް ނެތަސް، ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ ދާނެ،" ނާޒިރު ވިދާޅުވި އެވެ.މާލޭގެ ބޮޑު ބަޔަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ 2012 ގެ ފަހުކޮޅާއި 2013 ގައި ވަރަށް ބޮޑުވި އެވެ. ނަމަވެސް، ސްޓެލްކޯ އިން އަލަށް ބެހެއްޓި ޖަނަރޭޓަރުތަކާ އެކު އެ މައްސަލަ ހައްލުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ