ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލް )ޕީޖީ( ކަމުގެ މަގާމަށް ހ. މީނާޒް މައުމޫން ހަމީދުގެ ނަން، ރައީސް އަބްދުﷲ ޔާމީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ވޯޓު ނަގަން އުޅުމުން އޭނާ މިދިޔަ މަހުގެ ތެރޭގައި އިސްތިއުފާދެއްވުމުންނެވެ.
ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ދަރިކަލުން އަދި ގާނޫނީ ވަކީލު މައުމޫން ހަމީދަކީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. މައުމޫންގެ އިތުރުން ޕީޖީ ކަމަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މ. ވައިނުޖެހޭގޭ މަރިޔަމް ޒުލްފާ އާއި ޑެޕިއުޓީ ޕީޖީގެ މަގާމުގައި މިހާރު ހުންނެވި، ހ. ހިޔާކަން، ހުސެން ޝަމީމާއި ޕީޖީގެ އިސް ވަކީލެއް ކަމަށްވާ ދަފްތަރު 5514 އައިޝަތު ފަޒްނާ އަހުމަދު އަދި މއ. ބިންމާވިލާ އިސްމާއިލް ވަހީދެވެ.
ޕީޖީގެ ގާނޫނު ބުނާ ގޮތުން އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަން ޖެހެ އެވެ.
ޕީޖީގެ މަގާމަށް މައުމޫން ހަމީދުގެ ނަން ރައީސް ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ