ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު އެއްޗެއް ވިދާޅުވަން ގާސިމް ދެކޮޅު ހައްދަވައިފި

މާމިނގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހީމްގެ ބައެއް ވިޔަފާރިތަކާ މެދު ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތާ މެދު ނޫސްވެރިން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދޭން އޭނާ ދެކޮޅު ހައްދަވައިފި އެވެ. ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ހުށަހެޅުއްވި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލް މިރޭ މަޖިލީހުން ފާސްކުރި ޖަލްސާ އަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ "މި މަގާމުގައި ކޮމެންޓެއް، އެއްޗެއް ދަންނަވަން" ބޭނުންނުވާ ކަމަށެވެ. "އަޅުގަނޑު އެއްގޮތަކަށް ވެސް ނުދެކެން އެ ގޮތަށް އެހެން ދިމާވެދާނެ ކަމަކަށެއް. ގާނޫނުގެ ހުދޫދުގެ ތެރެއިން ދާންޖެހޭ ކަންތައްތަކެއް، އުސޫލާ އެއްގޮތަށް ކަންތައްތަކެއް ހިނގައިދާނެ. ދެން ފަހަރެއްގައި އެހެން ކަމަށް ވެސް ވެދާނެ ނުވަތަ ނޫން ކަމަށް ވެސް ވެދާނެ،" ކޮމިޓީގެ މަރުހަލާގައި ބިލާ ދެކޮޅަށް ވާހަކަ ދެއްކެވުމަށް ފަހު އެންމެ ފަހު ވަގުތު ބިލު ފާސްކުރަން ޖޭޕީ ތާއީދުކުރުމުގެ ފަހަތުގައި ވަނީ ވިޔަފާރިތަކަށް ސަރުކާރުން ހުރަސް އެޅުންތޯ 'ހަވީރުން' ކުރި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވި އެވެ. އެސްއީޒެޑް ބިލް ފާސްކުރުމަށް ފަހު ގާސިމް އިބްރާހިމް ޕީޕީއެމްގެ މެންބަރުންނާ އެކު މިރޭ މުލީއާގޭގައި އިންވަނިކޮށް ބައެއް މެންބަރުން ޓްވީޓްކުރައްވާފައިވާ ފޮޓޯއެއް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ކޯލިޝަން ހައްދަވައި ތާއިދުކުރެއްވި ނަމަވެސް ފަހު އުފެދުނު ދެބަސްވުންތަކަށް ފަހު ޖޭޕީ އާއި ޕީޕީއެމްގެ ކޯލިޝަން ވަނީ ރޫޅިފަ އެވެ. އޭގެ ފަހުން ސަރުކާރުން ވަނީ ގާސިމްގެ ބައެއް ވިޔަފާރިތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅައިފަ އެވެ. އެ ގޮތުން ގާސިމްގެ ވިލާ ކުންފުނިން ހިންގާ ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ދީފައިވާ ބައިނަލްއަގުވާމީ ބަނދަރު ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކުރުމާއި ވިލާއާ ހަވާލުކޮށްފައިވާ ކާޑެއްދޫ އެއާޕޯޓުގެ ހުއްދަ ބާތިލްކުރުމާއި ދަނޑުވެރިކަން ކުރުމަށް ވިލާ އަށް ދޫކޮށްފައިވާ ލ. ބަރެސްދޫ އެ ކުންފުނިން ވަކިކުރުމާއި ގާސިމްގެ ހިއްސާ އޮންނަ ހޮރައިޒަން ފިޝަރީޒް އަށް ގދ. ހޯޑެއްދޫން ދޫކޮށްފައިވާ ބިން ނެގުމަށް ނޯޓިސް ދިނުން ހިމެނެ އެވެ.ބިލަށް 100 އެތައް އިސްލާހެއް ގެންނަންޖެހޭ ކަމަށް މިރޭ ފާހަގަކުރެއްވި ނަމަވެސް ގާސިމް ވިދާޅުވީ ޖުމްލަ ގޮތެއްގައި މިއީ މުހިންމު ބިލެއް ކަމަށާއި މުޅި ބިލަށް ތާއީދުކުރަން ޖޭޕީން ނިންމީ އެ ސަބަބަށްޓަކައި ކަމަށެވެ. އަދި ބިލް ފެށުނީއްސުރެ ވެސް ޖޭޕީގެ ސްޓޭންޑަކީ ބިލަށް ތާއީދުކުރުން ކަމަށާއި އެކަން ބަދަލުނުވާ ކަމަށް ވެސް މިރޭ ވިދާޅުވި އެވެ. އަދި ޖޭޕީ އަށް އޭރު ވެސް މައްސަލައަކަށްވީ ކޮމިޓީގެ ކަންކަން ގަވާއިދާ އެއްގޮތަށް ނުގެންދިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަބަދު ވެސް އަޅުގަނޑު ދަންނަވަމުން އައި އުސޫލެއްގެ ގޮތުން މި ބިލަށް ތާއީދުކުރާ ވާހަކަ. އެހެން ނަމަވެސް އިސްލާހުތަކެއް ހުރި ވާހަކަ. އެ އިސްލާހުތަކުގެ ވާހަކަ. ދެން ކޮމިޓީ ލެވެލްގައި އަޅުގަނޑުމެން ދެއްކި ވާހަކައަކީ ކޮމިޓީގެ މަސައްކަތް ދިޔައީކީ މުޅިން ގަވާއިދާ އެއްގޮތަށް ނޫން ކަމަށް،" ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ގިނަ އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށާއި ނަމަވެސް މުޅި ބިލު ރަނގަޅުވުމުން ފެއިލްވެގެން ދާން ބޭނުން ނުވީ ކަމަށެވެ. އަދި ޖޭޕީން ދެކޮޅު ހެދިޔަސް ޕީޕީއެމްގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ބިލު ފާސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެސްއީޒެޑްގެ ބިލު ފާސްވުމާ ގުޅިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ބިލް ހުށަހެޅުއްވި ނިހާން ވިދާޅުވީ ބިލާ ބެހޭ ގޮތުން އެންމެ ފުރަތަމަ ސަރުކާރުން މަޝްވަރާކުރި އިރު ވެސް ޖޭޕީގެ ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާ މުލިއާގޭގައި ސަރުކާރުގެ ފަރާތުން ބައްދަލުކުރި ކަމަށެވެ. އަދި މިއަދު ޕީޕީއެމުން މަސައްކަތްކޮށްފައި ވަނީ ވަކި އަތަކަށް ދޫނުދިނުމަށް ނޫން ކަމަށާއި ސަރުކާރުން ފޮނުވި ބިލަކަށް ވިޔަސް ބިލަށް ތާއީދުކުރުމަށް ޕީޕީއެމުން ނިންމީ އެއީ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭނެ ބިލެއްކަން ސަރުކާރަށް ޔަގީން ވާތީ ކަމަށެވެ. ރައްޔިތުން މަޖިލީހުގައި މިރޭ ނެގި ވޯޓުގައި ބިލު ފާސްކުރުމަށް 60 މެންބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 15 ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ