މިހާރު ކުރިއަށްދާ ސްކޫލުތަކުގެ ދެ ވަނަ ޓާމްގެ ޗުއްޓީގެ ތެރޭގައި 4،000އަށް ވުރެ ގިނަ މީހުން އުމްރާއަށް ފުރާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި އުމްރާއަށް ދާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، ސްކޫލުތަކުގެ ޗުއްޓީތަކާ ދިމާކޮށް އުމްރާ ގުރޫޕުތަކުން، ދަތުރުތައް އިންތިޒާމު ކުރެ އެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހު ފެށި ފުރަތަމަ ޓާމުގެ ޗުއްޓީ ނުވަތަ 'ޖުލައި އުމްރާ'އަށް މިއަހަރު ވެސް ގިނަ ބަޔަކު ވަނީީ ފުރާފަ އެވެ.
ތަފްސީލް - އިސްލާމިކް މިނިސްޓްރީން އިއްޔެ އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ޗުއްޓީތެރޭގައި 30 ގުރޫޕަކަށް ވަނީ، މީހުން އުމްރާއަށް ގެންދިޔުމަށް ހުއްދަ ދީފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން އުމްރާއަށް ގެންގޮސްފައިވަނީ އަލް މުސާފިރު ގުރޫޕުންނެވެ.
އުމްރާއަށް މީހުން ގެންދިޔަ އަދަދުތަކަށް ބަލާއިރު:
އަލް މުސާފިރު 1،004 މީހުން
ހައްޖު ކޯޕަރޭޝަން 640 މީހުން
ގިބްލަ ހައްޖު އެންޑް އުމްރާ 330 މީހުން
މީގާތު ހައްޖު އެންޑް އުމްރާ 192 މީހުން
އަރަފާތު ހައްޖު އެންޑް އުމްރާ 189 މީހުން
އުމްރާއަށް ދިޔަ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ. ޖުލައި އުމްރާގެ އިތުރުން ދެން އެންމެ ގިނަ ބަޔަކު އުމްރާއަށް ދަނީ ޑިސެމްބަރު މަހުގެ ތެރޭގައި އޮންނަ ސްކޫލު ބޮޑު ޗުއްޓީ އާއި ރޯދަމަހާ ދިމާކޮށެވެ.
ސްކޫލު ޗުއްޓީ ތެރޭގައި 4،000އަށް ވުރެ ގިނަ މީހުން އުމްރާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ