ދެ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ގެންގުޅުނު މީހަކު، ފުލުހުން ގާނޫނާ ޚިލާފަށް ހެކި ހޯދުމުގެ ސަބަބުން ހައި ކޯޓުން މިނިވަންކުރި މައްސަލަ ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އޮފީހެއްގެ ތެރެއިން 2011 ވަނަ އަހަރު 2.5 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ރ. މަޑުއްވަރީ މުޝްތަރީގޭ ހުސައިން ސޮބާހް (ފޮޓޯ) އުމުރަށް ޖަލަށްލުމަށް ދަށު ކޯޓުން ހުކުމްކޮށްފައިވަނިކޮށް ހައި ކޯޓުން މިދިޔަ މަހު އޭނާ މިނިވަންކުރީ ކޯޓު އަމުރެއް ނެތި އެ އޮފީހަށް ފުލުހުން ވަދެފައިވާތީ އެވެ.
އެ މައްސަލަ އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅިކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ސޮބާހް މިނިވަންކުރުމަށް ހައި ކޯޓުން ކުރި ހުކުމުގައިވަނީ ކޯޓު އަމުރެއް ނެތި މީހުންގެ އަމިއްލަ ތަންތަނަށް ވަންނަންޖެހޭނީ "ޚާއްސަ ހާލަތްތަކެއް" އޮވެގެން ކަމަށާއި ނަމަވެސް ކޯޓު އަމުރެއް ނެތި އެ އޮފީހަށް ފުލުހުން ވަންނަންޖެހޭ ފަދަ "ޚާއްސަ ހާލަތެއް" އޮތްކަން ދައުލަތަށް ކޯޓުގައި ނުދެއްކޭ ކަމަށެވެ.
ސޮބާހާއި އިތުރު މީހަކު ހައްޔަރުކުރުމަށް ފަހު ފުލުހުން އޭރު ބުނެފައިވަނީ އެ މީހުން އޭރު ދިޔައީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ތައްޔާރުވަމުން ކަމަށެވެ.
ދެ ކިލޯގެ މަސްތުވާތަކެތި ގެންގުޅުނު މީހާ މިނިވަންކުރި މައްސަލަ ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ