ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު ޖިންސީ ގުޅުން ހިންގާކަމުގެ ތުޙުމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ފުލުހުން އަންގައިފިއެވެ.
ފުލުހުންގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ އަލީ ހަމީދުގެ މައްސަލަ ތަޙުޤީޤު ކުރަމުންދާކަމުގެ މަޢުލޫމާތު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ ވަޙީދު ޙަސަން މަނިކަށާއި އާއި އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން އާއި ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢީޒްގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަންގާފައިވާކަމުގައެވެ.
އަލީ ހަމީދުގެ ވީޑިއޯ ވިއްކަން އުޅެނިކޮށް ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީމިނިސްޓަރ އަދި ރައީސް ވަހީދު ޕާޓީގެ ކައުންސިލްމެމްބަރު އަހުމަދު ފާއިޒުވަނީ ހައްޔަރުކޮށްފައެވެ. މިމައްސަލަޔާއިގުޅިގެން ގައުމީ އިއްތިހާދުގެ ކައުންސިލުން ފާއިޒުވަނީ ވަކިކޮށްފައެވެ.
އަލީ ހަމީދުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ފުލުހުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ